ޓްރެކިންގ ޑިވައިސް ހަރުކުރާ އުޅަނދުފަހަރުގެ ތެރޭގައި ބަނގުރަލާއި އޫރުމަހުގެ ބާވަތްތައް އެއްތަނުން އަނެއްތަނަށް ގެންދާ އުޅަނދުފަހަރު ހިމެނޭކަމަށް ޑެޕިއުޓީ ކޮމިޝަނާރ އޮފް ކަސްޓަމްސް އިބްރަހިމް އަފާޒް ވިދާޅުވެއްޖެއެވެ.
ހޯމް ލޭންޑް ސެކްޓަރގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަފާޒް ވަނީ މާޗް މަހުންފެށިގެން ކަސްޓަމްސް އިން ކޮށްފައިވާ މަސައްކަތުގެ މައުލޫމާތު ހިއްސާ ކުރައްވާފައެވެ. ދިވެހިރާއްޖެއިން އެތެރެކުރާ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރާ ނަގުދު ފައިސާ ރިޕޯޓްކުރާ ގަވައިދަށް ގެނެވުނު އިސްލާހު، އެ ގަވައިދަކީ 25 މާރޗް 2015 އިން ފެށިގެން އަމަލުކުރަމުން ދިޔަ ގަވައިދެއް ކަމަށް އަފާޒް ވިދާޅުވިއެވެ.
ގަވައިދަށް ގެނެވުނު އެންމެ ބޮޑެތި ބަދަލުތަކުގެ ތެރޭގައި ކުރިން އަމަލު ކުރަމުން ދިޔަ ގަވައިދު ތަންފީޒުކުރާ އިރު އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ގަވައިދާ ހިލާފަށް އެޅޭނެ ފިޔަވަޅުތަކެއް ނެތްކަން ކަމަށާއި އަދި ޖޫރިމަނާ ވެސް ނުކުރެވޭ ކަމަށް އަފާޒް ވިދާޅުވިއެވެ.
ކަސްޓަމްސްއަށް ރިޕޯޓްކޮށް އެކިއެކި ގޮތްގޮތުން ފޮރުވައިގެން ގަވައިދާ ހިލާފަށް ރާއްޖޭން ބޭރަށް ގެންނަނިކޮށް ފާހަގަކުރެވިފައިވާ މައްސަލަ ތަކުގައި އެފަރާތްތަކުގެ މައްޗަށް ހަމައެކަނި އެޅެންއޮތް ފިޔަވަޅަކީ ޖިނާއީ ތަހުގީގެއް ކުރުމަށްފަހު ޕީޖީ މެދުވެރިކޮށް ކޯޓަށް ހުށައެޅުން ކަމަށް އަފާޒް ވިދާޅުވިއެވެ.
އަފާޒް ވިދާޅުވީ ގިނަ އަދަދެއްގެ މައްސަލަތައް ކޯޓަށް ހުށަހަޅައިފައިވާ ކަމަށާއި ޝަރުއީ މަރުހަލާގައި ކަންކަން ދިގުލައިގެން ދިއުމާއި އެކު ޖިނާއި މައްސަލަތައް ސާބިތުކުރުމަށް އޮންނަ މިންގަނޑުގެ މައްސަލަތައް ކޯޓަށް ސާބިތުނުވެ އިޖުރާއީ ކަންކަމުގައި މައްސަލަތައް ފެއިލްވެ އެއްވެސް ފިޔަވަޅެއްނޭޅި ތުހުމަތު ކުރެވުނު ފަރާތްތަކަށް ފައިސާ ދޫކޮށްލަން ޖެހިފައިވާކަމަށެވެ.
މިހާރު އައި ބަދަލައިގެން ގަވައިދާ ހިލާފުވާ ފަރާތްތަކަށް އަވަސްކަމާއެކު އިދާރީ ފިޔަވަޅު އެޅި ގާނޫނީ ބާރު ލިބިގެން ދިއުމާއި، ޖިނާއީ ތަހުގީގު ހިންގުމަށް ފަސޭހަވެ އަވަސްވެގެންދޭ
އިތުރަށް އަފާޒް ވިދާޅުވީ ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުން އެއްތަނުން އަނެއްތަނަަށް ގެންދާ މުދަލާއި ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައިވާ އުޅަނދުފަހަރު މޮނިޓަރކޮށް ބެލެހެއްޓުމާއި ބެހޭ އުސޫލަށް ގެނެވޭ ބަދަލުގެ ތެރޭގައި ޓްރެކިންގ ޑިވައިސް ހަރުކޮށްފައިވާ ކަމަށެވެ.

