ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

15 މައްސަލައަކުން ދައުލަތަށް 74 މިލިއަން ރުފިޔާ ލިބެން ޖެހޭ: އޭސީސީ

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީގެ) މެންބަރުން މަޖިލީހުގެ ކޮމިޓީއެއްގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރު އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙުޤީޤުކޮށް ނިންމާފައިވާ މައްސަލަތަކުގައި، ދައުލަތަށް ލިބެންޖެހޭ 50,370,512.75ރ ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާނަމަވެސް އެއްވެސް ވަރެއް ލިބިފައިނުވާކަމަށް އޭސީސީއިން ބުނެފިއެވެ.

އޭސީސީއިން ނެރިފައިވާ ބަޔާނެއްގައި އެ މުއައްސަސާއިން ވަނީ ކޮރަޕްޝަނާއި ގުޅޭ މައްސަލަތަކުގައި ދައުލަތަށް ހޯދަންޖެހޭ ފައިސާ ހޯދުމުގެ މަސްއޫލިއްޔަތު އޮތީ އެ މުއައްސަސާގައި ނޫންކަން ފާހަގަކޮށްފައެވެ. އެހެންނަމަވެސް ތަހުގީގުތައް ކުރަމުންދާއިރު މައްސަލައެއްގައި ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ހުރިކަމަށް ފާހަގަކުރެވިއްޖެ ހާލަތެއްގައި ކަމާއި ބެހޭ ފަރާތްތަކަށް އެ ފައިސާ ހޯދުމަށް އަންގާކަމަށް ބުނެފައިވެއެވެ.

އޭސީސީއިން ހާމަކުރިގޮތުން ހޯދުމަށް އަންގާފައިވަނީ 2023 ވަނަ އަހަރުގެ ތެރޭގައި ތަހުގީގުކުރި މައްސަލަތަކުގެ ތެރެއިން 10 މައްސަަލައެއްގައި ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށެވެ. އެގޮތުން ފާހަގަކުރެވޭ މައްސަލަތަކަށް ބަލާއިރު މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) އަށް 40,475,200.00ރ ހޯދުމަށް އަންގާފައިވާއިރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް (އެމް.ޓީ.ސީ.ސީ) 8,481,000.00ރ ހޯދުމަށް އަންގާފައިވާނެކަމަށާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް 1,389,342.00ރ ހޯދުމަށް އަންގާފައިވާނެކަން ހާމަކުރިއިރު، މީގެއިތުރުންވެސް، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ދައުލަތުގެ ބައެއް އިދާރާތަކަށް އަންގާފައިވާނެކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް 2023 ވަނަ އަހަރު ދައުލަތަށް ހޯދުމަށް އަންގާފައިވާ އެއްވެސް ފައިސާއެއް މިހާތަނަށް ދައުލަތަށް އަނބުރާ ލިބިފައިނުވާކަމަށް އޭސީސީއިން ހާމަކޮށްފައިވެއެވެ.

ބަޔާނުގައިވާޣޮތުން އަނބުރާ ލިބެންޖެހޭ ފައިސާ، އަނބުރާ ހޯދުމަށްޓަކައި އިދާރާތަކުން މަސައްކަތްކޮށްފައިވާ މިންވަރު ބަލައި މޮނިޓަރކުރުމަށް ކޮމިޝަނުންވާނީ 2022ގައި އެކަމަށް ހާއްސަ ނިޒާމެއް ގާއިމުކޮށްފައެވެ. އެހެންކަމުން އެ ނިޒާމު މެދުވެރިކޮށް އިދާރާތަކުން އަމަލުކޮށްފައިވާ ގޮތް ބެލިއިރު، އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާކަން ފާހަގަވެފައިވާކަމަށާއި މި މައްސަލައާއި ގުޅިގެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅާނެކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: