ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާއިން ރާއްޖޭގައި ކުރި އެންމެ މުހިންމު އެއްކަމަކީ އަސްކަރީ ގާބިލުކަން އިތުރުކުރުން: އެމްއީއޭ

ބަލި މީހަކު ގޮވައިގެން މާލެ އައި ހެލިކޮޕްޓަރުން އިންޑިއާ ސިފައިންގެ މީހަކު ފައިބަނީ/ ފޮޓޯ: ހުސެއިން ވަހީދު - މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާއިން ރާއްޖެއާއިއެކު ކުރަމުންދާ ސަލާމަތީ އަދި ދިފާއީ މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއްކަމަކީ އަސްކަރީ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތްތައްކަމަށް އިންޑިއާގެ އެކްސްޓާރނަލް އެފެއަރޒް މިނިސްޓްރީއިން ބުނެފިއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރާގޮތުން މީޑިއާތަކުންވަނީ ދިވެހިރާއްޖެއާއި ދެމެދު ކުރެވެމުންދާ މުއާމަލާތްތަކާއި ގުޅޭގޮތުން އެމްއީއޭ އިންޑިއާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލު ކޮށްފައެވެ. އެކަމަށް ޖަވާބު ދެއްވަމުން އެމްއީއޭގެ ތަރުޖަމާނު ރަންދީރު ޖަޔަސްވާލް ވިދާޅުވީ، އިންޑިއާއިން ރާއްޖެއާއިއެކު ކުރަމުންދާ ދިފާއީ ސަލާމަތީ މަސައްކަތްތަކުގެ ތެރޭގައިން އެންމެ މައިގަނޑު އެއްކަމަކީ އަސްކަރީ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތްތައް ކަމަށެވެ.

އެ މިނިސްޓްރީއިންވަނީ ދިވެހިރާއްޖެއާއިއެކު ދިފާއީ މަސައްކަތްތަކުގައި އެ ގައުމުން ހަރަކާތްތެރިވުމަށް ތައްޔާރުކަން ހާމަކޮށްފައެވެ. އަދި އެދިއްޖެ ހާލަތެއްގައި ރާއްޖޭގެ ފައިލެޓުންނަށް ތަމްރީނުތައް ދިނުމުގެ މަސައްކަތްތަކުގައިވެސް އެހީތެރިވެދޭނެކަމަށް ވިދާޅުވިއިރު، ރާއްޖެއާއި ދެމެދު އޮތް ގުޅުމުގެ ވަރުގަދަ ކަމުގެ މައްޗަށް އަލިއަޅުވައި ކަނޑުމަތީގެ ސަލާމަތީ މަސައްކަތްތަކުގެ މުހިންމުކަންވެސް އޭނާ ފާހަގަކުރެއްވިކަމަށް ރިޕޯޓުތަކުގައިވެއެވެ.

މީޑިއާތަކުން ބުުނާގޮތުން މީގެ ކުރިން ރާއްޖެއާއިއެކު ވެފައިވާ އެއްބސްވުންތަކުގެ ދަށުން އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގައި ވައިގެ އުޅަނދު ސިއްހީ ކުއްލި ހާލަތުގައި އެހީތެރިކަން ދިނުމުގެ ގޮތުން ދުއްވަމުން އައިސްފައިވކަމަށެވެ. އަދި ރާއްޖޭގައި ތިބި ސިފައިން ފޮނުވާލުމަށް ނިންމި ނަމަވެސް އެގައުމުން އަދިވެސް އޮތީ ރާއްޖޭގެ ދިފާއީ ގާބިލުކަން އިތުރުކުރުން ފަދަ މަސއްކަތްތަކާއި ސަރަހައްދީ ސަލާމަތީ މަސައްކަތްތަކުގައި އެކުގައި އެއްބާރުލުން ދޭ ގޮތަށްކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: