މިއަދު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަށް ރީނދޫ ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން އެންމެ ފުރަތަމަ ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު ށ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށެވެ. އެއީ މިއަދު ހެނދުނު 6:30 އިން ފެށިގެން 10:30 އާއި ހަމައަށެވެ. އަދި 14:45 އިން 17:30އަށް ށ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް މިހާރު ވަނީ ރީނދޫ ސަމާލު ނެރިފައެވެ.
މެޓުން ނެރުނު ސަމާލުގައި ބުނެފައިވަނީ ގަޑިއަކު 25 މެލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑު ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ކުރިއަށް އޮތީ ހުޅަނގުގެ މޫސް ކަމަށް ވުމާއެކު އެކަމަށް ރައްކާތެރިވެ ތިބުން މުހިންމެވެ. މިއީ އާންމު ގޮތެއްގައިވެސް ރާއްޖެއަށް ވިއްސާރަ ކުރާ ދުވަސްވަރެވެ. މި ދުވަސްވަރު އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ވިއްސާރައިގައި އެކި ސަރަހައްދުތަކުގައި ފެންބޮޑުވުން ފަދަ ކަންކަން ދިމާވެއެވެ.

