ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރަދުކުރުމުގެ ސިޔާސަތުތައް ހިމެނޭހެން އިސްލާހުތަކެއް ގެނައުން ބޭނުންތެރި: ފިނޭންސް މިނިސްޓަރު

ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގް: ފޮޓޯ/ މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ބޮޑެތި މާލީ އިސްލާހުތަކެއް ގެންނަން ޖެހިފައިވާކަމަށް ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގް ވިދާޅުވެއްޖެއެވެ.

ވޯލްޑް ބެންކްގެ ”މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓް: ސްކޭލިންގް ބެކް އެންޑް ރިބިލްޑިންގް ބަފާރޒް“ ރިޕޯޓު ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝަފީގްވަނީ ރާއްޖެއާއި އެކު ވޯލްޑްބެންކްއިން ބާއްވަމުންދާ ގާތް ގުޅުންތަކާއި އެ ގުޅުމުގެ ތެރެއިން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމުގެ ގޮތުން އިސްލާހުތަކެއް ގެނައުން ކޮންމެހެންވެސް ބޭނުންތެރިކަމަށާއި އިސްލާހުތަކުގެ ތެރޭގައި އެސްއޯއީތަކުގެ މާލީ ކަންކަން ބަލަހައްޓަަމުންދާ ގޮތް ހިމެނޭކަމަށާއި ސަބްސިޑީ ދިނުމުގެ އުސޫލާއި ސިއްހީ ކަންކަމަށް ހަރަދުކުރުމުގެ އުސޫލުގެ އިތުރުން ސަރުކާރުގެ ހަރަދުތައް ކުރުމުގެ ސިޔާސަތުތަކަށްވެސް ބަދަލު ގެންނަން ޖެހޭކަމަށް ހިއްސާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިންވަނީ ރާއްޖޭގެ މާލީ ކަންކަން އިސްލާހުކުރމުގެ އިތުރުން ސިއްހީ ކަންކަމަށް ކުރާ ހަރަދުތައް އެންމެ އެކަށީގެންވާ ގޮތެއްގެ މަތިން ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިކަމަށްވެސް މިނިސްޓްރީއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: