ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑުދަތުރުގެ ރައްކައުތެރިކަން ކަށަވަރުކުރުމަށް ފުލުހުން ހަރަކާތެއް ހިންގައިފި

ފުލުހުން ހިންގި ހަރަކާތުގެ ތެރެއިން: ފޮޓޯ/ ފުލުހުންގެ މުއައްސަސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކަނޑުދަތުރުފަތުރު ކުރާއިރު ސަމާލުކަން ދޭންޖެހޭ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށްޓަކައި ދިވެހި ފުލުހުންގެ މުއައްސަސާއިން ލ ގަމުގައި ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުންގެ މުއައްސަސާއިން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން، ކަނޑު ދަތުރުކުރުމުގެ ރައްކައުތެރިކަން ކަށަވަރުކުރުމަށްޓަކައި އެ މުއައްސަސާއިން ހަރަކާތްތެރިވެފައިވަނީ ލ ގަމުގެ ބަނދަރު ސަރަހައްދުގައިކަމަށެވެ. އަދި މި ދުވަސްވަރަކީ މޫސުންގޯސް ދުވަސްތަކެއްކަމަށްވުމުން ދަތުރުކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި ގުޅޭގޮތުން ދޯނި ފަހަރުގައި މަސައްކަތްކުރައްވާ ފަރާތްތައް ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތު ދީފައިވާނެކަމަށާއި އެ މަސައްކަތްތައް ހިންގާފައިވަނީ ގަން ޕޮލިސް ސްޓޭޝަންގެ އިސްނެގުމުގެ މަތިންކަމަށްވެސް ބުނެފައިވެއެވެ.

އެގޮތުން ކުރިއަށް ގެންދިޔަ ހަރަކާތުގައި މީހުންނާއި ބައްދަލުކޮށް ކަމާއި ގުޅޭ އިދާރާތަކުން އަންގާ އެންގުންތަކާއި އެއްގޮތަކަށް އަމަލުކުރުމަށް އިރުޝާދު ދީފައިވާނެއިރު، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި އެހެނިހެން އިތުރު ކަންކަމާއި ގުޅޭގޮތުންވެސް މައުލޫމާތު ދީފައިވާނެކަމަށް ބުނެފައިވެއެވެ.

ފުލުހުންވަނީ މި ހަރަކާތުގެ ތެރެއިން ދަތުރުމަތީގައި ހާދިސާއެއް ދިމާވުމުން އަމަލުކުރަންވީ ގޮތުގެ މައުލޫމާތުތައްވެސް އޮޑިވެރިންނަށް ހިއްސާކޮށްފައެވެ. އަދި ސަލާމަތީގޮތުން ގެންގުޅެންޖެހޭ ތަކެއްޗާއި ގުޅޭ މައުލޫމާތު ދިނުމުގެ އިތުރުން ހާދިސާއެއް ދިމާވެއްޖެ ހާލަތުގައި ގުޅާނެ ނަންބަރުތައްވެސް އެ މުއައްސަސާއިން ހިއްސާކޮށްފައިވާނެކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: