ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްތީނުގެ ދައުލަތް ބަލައިގަތް ގައުމުތަކަށް ރާއްޖޭގެ މަރުހަބާ!

ޝެއާރކޮށްލާ ކަހަލަދޯ؟

ފަލަސްތީނާއި ފަލަސްތީނުގެ ދައުލަތް ގަބޫލުކުރުމަށް ގިނަ ގައުމުތަކަކުން ނިންމި ނިންމުމަށް ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.

ފަލަސްތީނުގެ ދައުލަތް ދުނިޔޭގެ 143 ގައުމަކުން ބަލައިގަނެފައި ވާއިރު އެ ލިސްޓަށް ނޯވޭ، ސްޕެއިން އަދި އަޔަލެންޑް ވަނީ އިތުރުވެފައެވެ. ނޯވޭ، އަޔަލޭންޑް އަދި ސްޕެއިނުން ވަނީ ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި އަންނަ އަންގާރަ ދުވަހު ރަސްމީކޮށް ބަލައިގަންނާނެ ކަމަށް ބުނެފައެވެ.

ރާއްޖޭގެ ހާރިޖީ ވުޒާރާއިން ބުނެފައިވަނީ ފަލަސްތީނާއި ފަލަސްތީނުގެ ދައުލަތް ގަބޫލުކުރުމަށް ގިނަ ގައުމުތަކަކުން ނިންމި ނިންމުމަށް ރާއްޖެއިން މަރުހަބާ ކިޔާ ކަމަށެވެ. އަދި އެކަން ނުކުރާ ގައުމުތަކުން މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމުކުރުމަށް ކުރާ މަސައްކަތުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެއްބާރުލުން ދިނުމުގެ ސްޓޭންޑަށް އަމަލުކުރުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

ނޯވޭ، ސްޕެއިން އަދި އަޔަލޭންޑުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ނިންމިކަން އިއުލާނު ކުރިއިރު، ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި ބަލައިގަތުމާ މެދު ގިނަ ގައުމުތަކަކުން ފާޅުގައި ދަނީ ޝައުގުވެރިކަން ފާޅު ކުރަމުންނެވެ. ސްލޮވޭނިއާ، މޯލްޓާ އަދި ބެލްޖިއަމަކީ ފަލަސްތީނުގެ ދައުލަތެއްގެ ދަރަޖަ ބަލައިގަންނާނެ ތޯ އާއި އެކަން ކުރާނީ ކޮން އިރަކުތޯ މަޝްވަރާ ކުރަމުން އަންނަ ގައުމުތަކެެވެ.

މިވަގުތު ނޯވޭ، އަޔަލޭންޑް އަދި ސްޕެއިންގެ އިތުރުން ޔޫރަޕްގެ އިތުރު ނުވަ ގައުމަކުން އެ ދައުލަތް ގަބޫލުކުރެއެވެ. އދ.ގެ އާންމު މަޖިލީހުގެ 193 މެމްބަރުންގެ ތެރެއިން 143 މެންބަރުން މިމަހު ވަނީ ފަލަސްތީނު އދ.އާ ގުޅެން ތާއީދުކޮށް ވޯޓު ދެއްވާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: