ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިރާއްޖެއިން 50,000 އެމެރިކާ ޑޮލަރުގެ އެހީ އަންރުވާ މެދުވެރިކޮށް ފަލަސްޠީނަށް ދިނުމަށް ހަމަޖައްސައިފި

ދިވެހިރާއްޖެއިން އ.ދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ އަލީ ނަސީރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ (އ.ދ.) ގެ ފަލަސްޠީނު ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އެޖެންސީ، އަންރުވާ އަންރުވާ މެދުވެރިކޮށް ފަލަސްޠީނުގެ ރައްޔިތުންނަށް 50,000 އެމެރިކާ ޑޮލަރުގެ އެހީއެއް ދިނުމަށް ދިވެހި ސަރުކާރުން ނިންމައިފިއެވެ.

މިކަން އިޢުލާނުކުރެއްވީ އ.ދ.ގެ މައި މަރުކަޒުގައި 1 ޖުލައި 2026 ގައި ބޭއްވި ’އަންރުވާ ޕްލެޖިންގް ކޮންފަރަންސް‘ ގައެވެ.

މި ކޮންފަރަންސްގައި ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖެއިން އ.ދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ އަލީ ނަސީރު މުހައްމަދު ވިދާޅުވީ، އަންރުވާއަށް އެހީ ފޯރުކޮށްދިނުމަކީ ހަމައެކަނި މާލީ ނިންމުމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއީ އިންސާނީ ކަރާމާތާއި، ބައިނަލްއަގުވާމީ ގަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް ހިމާޔަތްކުރުމާ ގުޅުންހުރި މުހިންމު މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޑޮކްޓަރ އަލީ ނަސީރުގެ ވާހަކަފުޅުގައި، މިހާރު އަންރުވާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، އެ އެޖެންސީއާ ދެކޮޅަށް ކުރަމުންދާ ދޮގު ތުހުމަތުތަކަށް އަލިއަޅުއްވާލެއްވިއެވެ. އަދި އަންރުވާގެ މުހިންމު މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ރައްޔިތުން އަބަދުވެސް ތިއްބެވީ ފަލަސްޠީނުގެ ރައްޔިތުންނާއެކުކަން ހާމަކުރައްވަމުން، މަންދޫބު ވަނީ ރާއްޖެއިން ފަލަސްޠީނުގެ ހައްގުގައި ކުރަމުންދާ މަސައްކަތްތައް ތަކުރާރު ކުރައްވާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، 2024 ވަނަ އަހަރުވެސް ދިވެހިރާއްޖެއިން ވަނީ އަންރުވާއަށް އެހީގެ ގޮތުގައި 50,000 އެމެރިކާ ޑޮލަރު ހަދިޔާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: