ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ފަލަސްޠީނާއި އުންމަތުގެ އެއްބައިވަންތަކަން،“ މައުޟޫއަށް ޚާއްސަ އިލްމީ ފޯރަމެއް

ފަލަސްޠީނުގެ ތާރީޚާ ގުޅޭ ޚާއްޞަ ޢިލްމީ ފޯރަމެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަލަސްޠީނުގެ ތާރީޚާ ގުޅޭ ޚާއްޞަ ޢިލްމީ ފޯރަމެއް މިރޭ ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

”ފަލަސްޠީނާއި އުންމަތުގެ އެއްބައިވަންތަކަން“ މި މަޢުޟޫޢަށް އިސްލާމިކް މިނިސްޓްރީއާ އިސްރާ އެސޯސިއޭޝަން ގުޅިގެން ބާއްވާ މި ޢިލްމީ ފޯރަމް އޮންނާނީ މިރޭ 08:30ގައެވެ.

މިނިސްޓްރީން ބުނީ، މި ފޯރަމުގައި އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމާ ގުޅޭ ގޮތުން ވާހަކަދައްކަވާނީ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙުމާނު ކަމަށެވެ. އަދި ފަލަސްޠީނުގެ މިއަދުގެ ހާލަތާއި ފަލަޞްޠީނުގެ ތާރީޚާ ގުޅޭ ގޮތުން ވާހަކަދައްކަވާނީ ޑރ. ޢަބްދުލްޙައްނާނު ވަޙީދު ކަމަށެވެ. މި ދެ ބޭފުޅުންނަކީ ވެސް ޢިލްމުވެރި ދެ ބޭފުޅުންނެވެ.

މިރޭ 08:30ގައި އޮންނަ މި ފޯރަމް ކުރިއަށް ދާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. މި ފޯރަމު އަޑުއެހުމަށް ވީހައި ވެސް ގިނަ ބަޔަކު ހާޒިރުވުމަކީ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންގެންދާ ގަތުލުއާންމަށް 272 ދުވަސްވެފައިވާ އިރު، އިސްރާއީލްގެ އަސްކަރިއްޔާ އިން އެންމެ ފަހުން ނުރައްކާތެރި ހަމަލާއެއް ދީފައިވަނީ ހާން ޔޫނުސް ސިޓީއަށެވެ.

ހާން ޔޫނުސް ސިޓީގައި ހުންނަ ނާސިރް ހޮސްޕިޓަލް ކައިރީ ހުރި ފަސް ބުރީގެ އިމާރާތަކަށް ދިން ހަމަލާއެއްގައި ފަލަސްތީނުގެ ހަތް މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: