ފަލަސްތީނުގެ ރަފަހްގަައި މިހާރު ހިނގަމުންދާ ގަތުުލު އަންމާއި ގުޅިގެން މާލޭގައި ”ރަފަޙް އަނދަނީ“ގެ ނަމުގައި ބޮޑު އެއްވުމެއް ބާއްވައިފިއެވެ.
އިސްރާ އެސޯސިއޭޝަނުން މި އެއްވުން ބާއްވާފައި ވަނީ ”ރަފަޙް އަނދަނީ“ގެ ނަމުގައި އާޓިފިޝަލް ބީޗްގައެވެ، މި އެއްވުމުގައި އެހެން ޖަމިއްޔާތަކުންވެސް ބައިވެރިވެފައި ވާއިރު މި ހަރަކާތުގައި ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް އާއި އަދި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވެސް ބައިވެރިވެ ވަޑައިގެނެފައިވެއެވެ.
މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރައްވި ފަލަސްތީނުގެ ޕްރޮފެސަރެއް ކަމަށްވާ ޑރ. ހަސަން އަލް ކުރުދީގެ އާއިލާއިންވެސް މި އެވުމުގައި ވަނީ ބައިވެރިވެފައެވެ.

މި އާއިލާ ރާއްޖެ އައީ މެއި 23ގައެވެ. ޑރ. ހަސަންގެ އާއިލާ ރާއްޖެ ގެނެސްފައިވަނީ މިސްރު މެދުވެރިކޮށްގެންނެވެ. އެ އާއިލާ ރާއްޖެއަށް ގެނައުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިންނެވެ. އައިއޭސީން ވަނީ އެ އާއިލާ ރާއްޖެ ގެނައުމުގައި ކުރަން ޖެހޭ ބައެއް މަސައްކަތްތަކާއި މާލީ އެހީތެރިކަން ފޯރުކޮށްދީފައިއެވެ.
ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާ ގުޅިގެން އިސްރާ އެސޯސިއޭޝަނާއި އަދި އައިއޭސީ ގުޅިގެން ”އަހަރެމެން ފަލަސްތީނުގެ ނަމުގައި“ ގައުމީ ކެމްޕޭނެއް މިދިޔަ އަހަރު ވެސް ފެށިއެވެ. ކެމްޕެއިންގެ ދަށުން ދިވެހިންގެ ބޮޑު އެއްވުމެއް ވަނީ ބާއްވާފައެވެ.
ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ އެތައް ހަސް ބަޔަކު ދިިރިއުޅެމުންދާ ރަފަހްގެ ޓެންޓުތަަކަށް ވަނީ ދެ ފަހަރެއްގެ މަތިން ހަމަލާ ދީފައެވެ. މި ހަފުތާގައި އިސްރާއިލުގެ ސިފައިން ރަފަހްގައި ދެ ބޮޑު ގަތުލު އާންމު ހިންގިއިރ، މި ހަމަލާތަކުގައި އާންމުންގެ 61 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ.

