ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައުު ގާނޫނުތައް ވުޖޫދުކުރުމުގެ އިތުރުން ވަގުތާއި ނުބައްދަލު ގާނޫނުތައް އުވާލުމުގެ މަސައްކަތްތައްވެސް ކުރާނެ: ރައީސް އަބްދުއްރަހީމް

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

20 ވަނަ ރައްޔިތުންގެ މަޖިލީހުން އައު ގާނޫނުތައް އެކުލަވާލުމުގެ އިތުރުން އިސްލާހުތައް ގެނައުމާއި ވަގުތާއި ފައިހަމަނުވާ ގާނޫނުތައް އުވާލުމުގެ މަސައްކަތްތައްވެސް ކުރެވިގެންދާނެކަމަށް 20 ވަނަ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

20 ވަނަ މަޖިލީހުގެ ރައީސްކަމާއި ހަވާލުވެވަޑައިގެން ދެއްވި ހިތާބުގައި ރައީސް އަބްދުއްރަހީމްވަނީ ތަފާތު އެކި ޝުއޫރުތައް އާލާވެފައިވާކަން ހިއްސާކުރައްވާފައެވެ. އަބްެދުއްރަހީމް ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ނަން ރައީސްކަމުގެ މަގާމަށް ހުށައެޅުއްވިކަމަށް ޝުކުރުދަންނަވާކަމަށެވެ. އަދި ވޯޓު ދެއްވި މެމްބަރުންނާއި ފޮނަދޫ ދާއިރާއަށް އިންތިހާބުކޮށްދެއްވި ދާއިރާގެ ރައްޔިތުންނަށްވެސް ޝުކުރު އަދާކުރެއްވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، 20 ވަނަ މަޖިލިސް އެކުލަވާލެވިފައިވަނީ ގައުމަށް މުހިންމު ވަގުތެއްގައިކަމަށެވެ. އެގޮތުން 20 ވަނަ މަޖިލިސް އެކުލަވާލެވިފައިވަނީ މުޅިން އައު ބޭފުޅަކުވަނީ ތަރައްގީއަށް މުހިންމު ސިޔާސަތުތަކެއް ތަންފީޒުކޮށް އިންގިލާބީ ބަދަލެއް ރާއްޖެއަށް ގެނެސްދިނުމުގެ އިހުލާސްތެރި ވިސްނުމުގައި ދާދި ފަހުން ރާއްޖޭގެ ވެރިކަމާއި ހަވާލުވެފައިވަނިކޮށްކަމަށްވެސް ހިއްސާކުރެއްވިއެވެ

އެހެންކަމުން 20 ވަނަ މަޖިލީސް ވެގެންދަނީ އެމަނިކުފާނުގެ މަސައްކަތްތަކާއި ފިޔަވަޅު ހަމަކޮށް ހިނގާނެ މަޖިލީހަކަށް ކަމަށާއި މި ދަނޑިވަޅަކީ ގައުމެއްގެ ގޮތުގައި މުހިންމު ނިންމުންތަކެއް ނިންމަންޖެހިފައިވާ ވަގުތެއްކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އިގްސާދުގެ އަސާސްތައް ފުޅާކުރުމާއި އައު ވިޔަފާރިތައް އުފަންކުރުން ފަދަ މަސައްކަތްތައް ކުރަންހުރިކަމަށާއި މަޖިލީހުގެ ޒިންމާތަކުގެ ތެރޭގައި ފައިސާ އާއި މާލީ ފުދުންތެރިކަން އިތުރުކުރެވޭނެ ގޮތްތައް ހޯދުންވެސް ހިމެނޭކަމަށް ވިދާޅުވިއެވެ.

ރައީސް އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ ޒިންމާއަކީ އުމްރާނީ ތަރައްގީގެ އައު ހަރުފަތްތަކެއް ރާއްޖެއަށް ތައާރަފްކުރަމުން ގެންދިއުންކަމަށާއި ވީދެމުންދާ ރާއްޖޭގެ އިޖްތިމާއީ ފޭރާން އަލުން އައުކުރުމަކީވެސް އަމާޒެއްކަމަށްވާއިރު، މަސްތުވާތަކެތީގެ ވަބާގެ މައްސަލައާއި ދެކޮޅަށް މަސައްކަތްައް ކުރުމާއި ނުގަވައިދުން ބިދޭސީން ވަންނަމުންދާ ދޮރުތައް ބަންދުކުރުމަކީވެސް މި ދައުރުގެ ޒިންމާއެއްކަމަށް ހިއްސާކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ގާނޫނުގެ ވެރިކަން ނެގެހެއްޓުމާއި ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކޮށް މަޖިލީސްގެ އަބުރު ހިފެހެއްޓުމަކީވެސް ކުރައްވާނެ މަސައްކަތެއްކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މި ކަންކަމާއި ގުޅޭގޮތުން މަޖިލީހުގެ ތެރޭގައި ބަހުސްކުރެވި ސަރުކާރާއިއެކު މަސައްކަތައް ކުރެވި ގޮތް ނިންމަންޖެހޭކަމަށާއި އައު ގާނޫނުތައް ތައާރަފްކޮށް ހުރި ގާނޫނުތައް އަލުން ބަލައި އިސްލާހުކުރުމާއި އަމަލުކުރަމުންދާ ގާނުނުތަކުން ވަގުތާއި ފައި ހަމަނުވާ ގާނޫނުތައް އުވާލުމަށްވެސް ކަނޑައެޅިފައިވާކަން ހާމަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: