ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިކަމަށް ބަރޯސާވާ ރަށްރަށުގެ އިގްތިސާދު ހުއްޓުމަކަށް އައުން ނިމުމަކަށް ގެންނަން ޖެހޭ: މެންބަރު ދީދީ

މަރަދޫ ދާއިރާގެ މެމްބަރު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިކަމަށް ބަރޯސާވާ ރަށްރަށުގެ އިގްތިސާދު ހުއްޓުމަކަށް އައިސްފައިވާތީ އެކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި އެ މައްސަލަ ހުށަހަޅުއްވާފައިވަނީ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ އެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ ސަރުކާރު ކުންފުނި މިފްކޯއިން މަސްވެރިން އަތުން މަސް ގަތުމަށްފަހު ފައިސާ ނުދީ، މަސްތަކެއްވުމާ ގުޅިގެން މަސްވެރިންކުރަމުންދާ އިހުތިޖާޖަށް ސަރުކާރުން އެދެވޭ ހައްލެއް ހޯދައިނުދޭތީ އެކަން ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ. އަދި މަސްވެރިން އަތުން ގަންނަ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅަކަށް ވީ ނަމަވެސް ފާއިތުވި ދެ މަސްދުވަހު، މަސްވެރިންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ދީފައި ނުވާ ކަމަަށެވެ.

މަސްވެރިން ތިބީ ބިކަވެ، ހާލުގައި ޖެހި، ދަރަނިވެރިވެފައިވާ ކަމަށާ ޔުޓިލިޓީ ބިލުތަކާ އަދި އެހެނިހެން ބިލުތައް ވެސް ދެއްކޭނެ ގޮތެއް ނެތި، އެތައް އާއިލާއެއް އެބަތިބި ކަމަށް މެންބަރު ވިދާޅުވިއެވެ. މެންބަރު ވިދާޅުވީ މަސްވެރިކަމަށް ބަރޯސާވާ ރަށްރަށުގެ އިގްތިސާދު ހުއްޓުމަކަށް އައިސްފައިވާތީ އެކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.

ކުއްލި މައްސަލައިގައި ވަނީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅު މި ސަރުކާރުން ފުއްދައިނުދޭތީ އެކަމާ ގުޅިގެން މި މަހު 21 އިން ފެށިގެން  އައްޑޫސިޓީގެ 90 އިންސައްތަ، ގާތްގަނޑަކަށް 400 އެއްހާ އާއިލާއަށް ނިސްބަތްވާ ދޯނިތަކުގެ މަސްވެރިން އިހުތިޖާޖަށް ނުކުމެ، އެކަމާ ދެކޮޅަށް އަޑުއުފުލައި، ވައުދު ފުއްދުމަށް ގޮވާލަމުން ދާއިރު އެ އިހުތިޖާޖުތަކަށް ހުރަސްނޭޅުމަށް ފުލުހުންނަށް ގޮވާލާފައެވެ.

އައްޑޫ ހިމެނޭ ގޮތަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަރުބަލިކަމެއް ނެތި، ބުރަ މަސައްކަތް ކުރަމުންދާ މަސްވެރިންގެ ހައްގުތައް  ހޯދުމަށް ކުރަމުންދާ އިހުތިޖާޖަށް ފުލުހުންނާ ސިފައިން ހުރަސް ނޭޅުމަށް ގޮވާލަން. އަދި އެމީހުންނަށް ލިބެންޖެހޭ ފައިސާ މިހާރުން މިހާރަށް ސަރުކާރުން ހަމަޖައްސައި ދިނުމާ، މަސްވެރިން އެދޭ ގޮތަށް ފައިސާ ނުލިބި ލަސްވާ މައްސަލައަށް އިޖާބަދީ،  އެކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރަށް ގޮވާލާ،

މަސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް ދީ، ބާނާ މަހަށް ހަމަ އަގު ދިނުމަށް ގޮވާލައި އިއްޔެ އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބޭއްވިއެވެ. އައްޑޫގައި މަސްވެރިން ކުރާ މުޒާހަރާ އަދިވެސް ހުއްޓާލާފައި ނުވާއިރު، އެ މީހުން ގޮވާލަމުން ދަނީ ފައިސާ ދެވޭނެ ތާރީހެއް ސަރުކާރުން އިއުލާނު ކުރުމަށެވެ. އަދި ފައިސާ ނުދެވި ދިގުލައިގެން ދިއުމުގެ ސަބަބުން، ކުރަން ޖެހޭ ބައެއް އަސާސީ ހަރަދުތަކާއި އާއިލާ ބެލެހެއްޓުމުގައި ކުރަން ޖެހޭ ހޭދަތައް މަޑުޖެހި ގޮތްހުސްވެފައިވާ ކަމަށެވެ.

މަސްވެރިންގެ ޑިމާންޑުތަކަށް ސަރުކާރުން އެއްވެސް ރަސްމީ ޖަވާބެއް ނުދޭކަމަށް ބުނެ، އެމްޑީޕީން މަޖިލިސް އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ ޕާލިމަންޓު ގުރޫޕު މެމްބަރުންގެ އަދަދު މަދު ނަމަވެސް މަޖިލިސް ތެރެއިން ކުރެވެން ހުރި މަސައްކަތައް ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ އީދު ބަންދަށް ފަހު މިއަދު އޮތް މަޖިލީހުގެ ފުރަތަމަ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހަޅާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: