ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ހިންގާ ޕާޓީގެ މެންބަރުންނަށްވެސް ސަރުކާރު ޖަވާބުދާރި ކުރުވޭނެ: އަޒާން

އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫގް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ހަމައެކަނި އިދިކޮޅު މެންބަރުންގެ ޒިންމާއެއް ނޫން ކަމަށާއި އެއީ ސަރުކާރު ހިންގާ ޕާޓީގެ މަޖިލިސް މެންބަރުންގެ ވެސް ޒިންމާއެއް ކަމަށް އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫގް ވިދާޅުވެއްޖެއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށްފަހު މީޑިއާތަކާއި ބައްދަލު ކުރައްވާ އަޒާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރު ކަމަށާއި އެބާރުގެ މަގުސަދަކީ ސަރުކާރުން ހިންގާ ކަންތައްތަކާ ޖަވާބުދާރީ ކުރުވުން ކަމަށެވެ. އަދި އެކަން ކުރަން ޖެހެނީ ހަމައެކަނި އިދިކޮޅު މެންބަރުން ނޫން ކަމަށްވެސް އަޒާން ވިދާޅުވިއެވެ.

“މި މަޤާމަށް ކެމްޕެއިން ކުރިއިރު ދެއްކި އެންމެ ބޮޑު ވާހަކައަކީ ސަރުކާރަށް ޖަވާބުދާރީ ކުރުވުމުގެ ވާހަކަ. ސަރުކާރު ޖަވާބުދާރީ ކުރަން މިޖެހެނީ އިދިކޮޅުގައި ތިބޭ މެންބަރުން އެކަންޏެއް ނޫން. ސަރުކާރު ނިސްބަތްވާ ޕާޓީގެ މެންބަރުންގެވެސް ވަރަށް ބޮޑު ޒިންމާއެއް މި ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ. ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވާ ގޮތަށް ވިހިވަނަ ރައްޔިތުންގެ މަޖިލީހަކީ ނަމޫނާ ރައްޔިތުންގެ މަޖިލީހެއްގެ ގޮތުގައި ފެނިގެންދާނެ”

އަޒާން ވިދާޅުވީ ޕީއެންސީގެ މަޖިލިސް މެންބަރުން ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށާއި އޭގެ އިތުރަށް މައިނޯރިޓީ މެންބަރުންނަށްވެސް ސަރުކާރު ޖަވާބުދާރީ ކުރުވަން އެފުރުސަތު ދެއްވާނެ ކަމަށެވެ.

މީގެއިތުރުން އަޒާން ވިދާޅުވީ ރައްޔިތުން ޕީއެންސީއަށް ވޯޓުދެއްވީ އެ ޕާޓީއަށާއި ރައީސް ޑރ. މުއިއްޒުގެ ވެރިކަމަށް ވަރަށް ބޮޑަށް އިތުބާރު ކުރައްވާފައިކަމަށެވެ. އެހެންކަމުން ރައީސްގެ އިރުޝާދުގެ ދަށުން ގިން މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް އަޒާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: