ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީގެ ކުރިންވެސް މަދުބަޔަކު ތިބެގެން އެމްޑީޕީން ސަރުކާރު ޖަވާބުދާރީ ކުރުވި: މީކާއިލް

މެމްބަރު މީކާއިލް ނަސީމް : ފޮޓޯ/ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މަދު މެމްބަރުންތަކަކާއިއެކު އެމްޑީޕީއިން ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްކުރާނީ އަލަކަށް ނޫންކަމަށާއި މީގެ ކުރިންވެސް އެ ޕާޓީއިންވަނީ މަދު ބަޔަކާއިއެކު އިސްލާހީ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ  މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

20ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކުރައްވާފައިވާއިރު، ބައެއް މެމްބަރުންވަނީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މަޖިލީޙުގެ މަސައްކަތްތައް ހުންނާނެކަމަށް ލަފާކުރެއްވޭ ގޮތާއިމެދު މީޑިއާތަކަށް މައުލޫމާތު ދެއްވާފައެވެ. މީކާއިލް ވިދާޅުވީ މީގެ ކުރިންވެސް އެ ޕާޓީއިންވަނީ އެއްފަދަ ހާލަތެއްގައި މަސައްކަތްތައް ކޮށްފައިކަމަށްވުމުން މި ދައުރުގައިވެސް އެންމެން އެއް އަމާޒަކަށް މަސައްކަތްތައް ސަރުކާރު ޖަވާބުދާރީ ކުރުވައި ދައުލަތުގެ މުއައްސަސާތަކަށް ފާރަވެރިވުމުގެ ރަނގަޅު މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، 19 ވަނަ މަޖިލީހަކީ މައިނޯރިޓީގެ އަޑު ކެނޑިގެން ނުދާކަން ކަށަވަރުކުރުމުގެ ގޮތުން ބައެއް އިންތިޒާމުތައް ހަމަޖެހިގެންދިޔަ  ދައުރެއްކަމަށެވެ. އަދި އެ ޕާޓީގެ މެޖޯރިޓީއެއް އޮތްއިރު ބައެއް އެހެން ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ކޮމިޓީތަކުގެ މުގައްރިރުންގެ މަގާމަށް އައްޔަނުކުރެވިގެންދިއުމަކީ އެކަމުގެ ހެއްކެއްކަމަށް ފާހަގަކުރެއްވިއެވެ.

މީކާއިލް ވިދާޅުވީ، އެންމެ މަދުވެގެން ވާހަކަދައްކަން ލިބޭ ވަގުތު ކަނޑައެޅިގެންދިއުންފަދަ މުހިންމު ބަައިވަރު މަސައްކަތްތަކެއް މަޖިލީހަށް ކުރެވިފައިވާކަމަށާއި އެންކަމުން 20 ވަނަ މަޖިލީހުގެ ދައުރުގައިވެސް އެފަދަ މަސައްކަތްތަކެއް ފެނިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: