އެމްޓީސީސީއިން ”ސުޒުކީ ފުޓުބޯޅަ ފޯރި 2024“ ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެމްޓީސީސީއިން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން ”ސުޒުކީ ފުޓުބޯޅަ ފޯރި 2024“ ޕްރޮމޯޝަން 15 މޭއިން ފެށިގެން ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެކަމަށެވެ. އެ ކުންފުނިން ބުނެފައިވާގޮތުން މި ޕްރޮމޯޝަން އިފްތިތާހުކޮށްދެއްވީ ސީއީއޯ އަބްދުﷲ ޒިޔާދު އަދި އެހެނިހެން ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިކަމަށެވެ.
މި ޕްރޮމޯޝަންގެ ދަށުން ސުޒުކީ އިންޖީނާއ،ި ސުޒުކީ އިންޖީނުގެ ސްޕެއަރ ޕާރޓްސ،ް ސުޒުކީ އިންޖީނުގެ އަޑީތެލާއި ގިޔަރުތެޔޮ އަދި މީގެ އިތުރުން މެރޯލް އައުޓްބޯޑުގެ ސްޓިއަރިންގ ސިސްޓަމް ބައްލަވައިގަންނަވާ ފަރާތްތަކަށް ޙާއްސަ ޑިސްކައުންޓްތަކެއް ލިބިގެންދާނެކަމަށްވެސް އެމްޓީސީސީއިން ބުނެފައިވެއެވެ. އަދި މި ޕްރޮމޯޝަންގެ މަޤްސަދަކީ އައުޓްބޯޑު އިންޖީނު ހެޔޮއަގުގައި ބައްލަވައިގަންނަވަން ބޭނުންވާ ފަރާތްތަކާއ،ި ސުޒުކީ އައުޓްބޯޑު އިންޖީނު މަރާމާތު ކުރުމާއ،ި މެއިންޓެނެންސްގެ މަސައްކަތްތަކަށް ބޭނުންވާ ސްޕެއާރ ޕާރޓްސް ބައްލަވައިގަންނަވަން ޝައުޤުވެރިވާ ފަރާތްތަކަށް ހެޔޮ އަގެއްގައި ސާމާނު ލިބޭނެ މަގު ފަހިކުރުންކަމަށްވެސް ބުނެފައިވެއެވެ.
މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި ބައެއް އޮޑިހަރުގެތަކާއ،ި ބޯޓުޔާޑުތައް އަދި އިންޖީނު މަރާމާތު މަސައްކަތްކުރާ ވޯރކްޝޮޕްތަކާއި ސަރވިސް ސެންޓަރުތަކަށް އަމާޒުކޮށް ޙާއްސަ ފީލްޑް ވިޒިޓްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައިކަމަށް އެމްޓީސީސީއިން ބުނެފައިވެއެވެ. އަދި މީގެ އިތުރުނ،ް ދުއްވަމުންދާ އުޅަނދުފަހަރުގެ އިންޖީނު ސަރވިސް އިންސްޕެކްޝަން ކުރިއަށް ގެންދިއުމާއ،ި މެއިންޓެނެންސްއާއި ގުޅޭގޮތުން އިތުރަށް ހޭލުންތެރިކުރުމަށް މަޢުލޫމާތު ފޯރުކޮށްދިނުންވެސް ހިމެނޭކަމަށް ހިއްސާކޮށްފައިވެއެވެ.

