ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަމާލެ ބްރިޖް މަޝްރޫއުގެ ނިމިފައިވަނީ 38.8 އިންސައްތަ މަސައްކަތް: މުއްޠަލިބު

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބަދުالله މުއްތަލިބު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަމާލެ ބްރިޖް މަޝްރޫއުގެ ނިމިފައިވަނީ 38.8 އިންސައްތަ މަސައްކަތްކަމަށް އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ އެ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މިއީ މި ސަރުކާރުގެ ވޭތުވެދިޔަ 6 މަސްދުވަހު އެ ވުޒާރާއިންކޮށްފައިވާ މަސައްކަތްތައް ހިއްސާ ކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެކެވެ.

މި މަޝްރޫއު  ނިންމުމަށް ތާވަލުކޮށްފައިވަނީ 31 މަރޗް 2026 އަށެވެ. ގުޅިފަޅުން ތިލަފުއްޓަށް ގުޅާލާ ބްރިޖްގެ މަސައްކަތް ނިންމުމަށް ތާވަލުކޮށްފައިވަނީ 30 ސެޕްޓެމްބަރު 2026 އަށެވެ. މިއާއެކު މުޅި މަޝްރޫޢު ނިމޭނެކަމަށްވެސް ޓައިމްލައިންގައި ހިމަނާފައިވަނީ 30 ސެޕްޓެމްބަރު 2026 އަށް ކަމަށް އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

މިކަމާއި ގުޅޭ އެންމެ ފަހުގެ ތަފްސީލުތައް ހިއްސާ ކުރައްވަމުން މުއްޠަލިބު ވިވަނީ މަޝްރޫޢުގެ ވަކި ވަކި ސެގްމަންޓުތަކުގެ މަސައްކަތްތައް ކުރިއަށްގޮސްފައިވާގޮތުގެ ތަފްސީލްތައް ހިއްސާކޮށްފައެވެ.

އެގޮތުން ތަބުތަކުގެ ޕައިލިންގެ 65 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށާއި، ޕައިލް ކެޕްގެ 46 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ޕިއާ ކޮލަމްގެ ނިމިފައިވަނީ 48 އިންސައްތަ މަސައްކަތްކަމަށް ވިދާޅުވިއެވެ. މަޝްރޫޢުތަކުގެ ޑެކްގެ ބޭނުންވާ ޕްރިކާސްޓުތަކުގެ 31 އިންސައްތަ ވަނީ ކާސްޓުކޮށް ނިމިފައިކަމަށާއި، ވިލިމާލެ ސެގްމަންޓުތައް ހުޅުވާލުމުގެ މަސައްކަތް ވަނީ ލޯންޗުކުރެވިފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަޝްރޫޢުތަކުގެ ދަށުން ޖެހުމަށް ހަމަޖެހިފައިވާ ތަބުތަކުގެ ޕައިލިންގެ %65 ނިމިފައި، ޕައިލް ކެޕްގެ %46، ޕިއާ ކޮލަމްގެ %48 ނިމިފައި، މަޝްރޫޢުތަކުގެ ޑެކްގެ ބޭނުންވާ ޕްރިކާސްޓުތަކުގެ %31 ވަނީ ކާސްޓުކޮށް ނިމިފައި، ވިލިމާލެ ސެގްމަންޓުތައް ހުޅުވާލުމުގެ މަސައްކަތް ވަނީ ލޯންޗުކުރެވިފައި.

މިނިސްޓަރު ވިދާޅުވިއެވެ.

މޫސުމަށް އައި ބަދަލުތަކުގެ ސަބަބުން މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވެފައިވީ ނަމަވެސް މި ސަރުކާރުން ދީފައިވާ ތާރީޙަށް މަސައްކަތްތައް ނިމޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ސަރުކާރުގެ އަމާޒަކީ މި މަސައްކަތް 2025 ގެ ނިޔަލަށް ނުވަތަ 2026 ގެ ކުރީކޮޅަށް ނިންމުމެވެ. މި ބުރިޖާއިއެކު ހަތަރު ސަރަޙައްދެއް ގުޅޭނެއެވެ. މިއީ 7 ބިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާގެ މަޝްރޫއުއެކެވެ.

ތިލަމާލެ ބްރިޖު މަޝްރޫއަށް އެކްސްޕޯޓް އިމްޕޯޓް ބޭންކު އޮފް އިންޑިއާ (އެގްޒިމް ބޭންކު) އިން 400 މިލިއަން ޑޮލަރުގެ ލޯނާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފައި ވެއެވެ. އަދި މީގެ ތެރެއިން 400 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކަން 20 އަހަރުގެ މުއްދަތެއް ދީފައިވާ އިރު، ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ ލޯނު ދޫކުރާ ތާރީހުން ފެށިގެން ފަސް އަހަރު ފަހުންނެވެ. މި ލޯނުގެ އިންޓަރެސްޓް ރޭޓަކީ 1.75 ޕަސެންޓެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ފެށި މި މަޝްރޫއު ކަނޑައަޅާފައިވާ ތާރީހަށް އެ މަޝްރޫއު ނިންމާނެކަމުގެ ޔަގީންކަން އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޑެޓުންވެސް ދީފައިވާކަން ފާހަގަކުރެވެއެވެ. މިދިޔަ އަހަރުގެ މެދު ތެރެއަށް މި މަޝްރޫއު ނިންމާލެވޭނެކަމަށް ބުނި ނަމަވެސް އެމުއްދަތަށް އެކަން ނުވެ، ފަހުން އަނެއްކާވެސް ބުނެފައިވަނި އޮގަސްޓް 15 ގެ ކުރިން މާލެ އާއި ވިލިމާލެއާ ދެމެދުގައި އާންމު ދަތުރުތައް ކުރަން ފަށާނެ ކަމަށެވެ. ނަމަވެސް ވެރިކަން ބަދަލުވީއިރުވެސް މަޝްރޫއު އެކީ ނިންމައެއް ނުލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: