ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ޑިވެލޮޕްމަންޓް އޮފް މޯލްޑިވްސް ނޭޝަނަލް ޓިވެޓް ޕޮލިސީ ފްރޭމްވޯރކް“ ގެ ނަމުގައި ތަމްރީނު ޕްރޮގްރާމެއް!

"ޑިވެލޮޕްމަންޓް އޮފް މޯލްޑިވްސް ނޭޝަނަލް ޓިވެޓް ޕޮލިސީ ފްރޭމްވޯރކް" ގެ ނަމުގައި ތަމްރީނު ޕްރޮގްރާމެއް ފެށުން.
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި، މިނިސްޓްރީ އޮފް ހަޔަރއެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓާއި،ކޮލަމްބޯ ޕްލޭން ސްޓާފް ކޮލެޖާއި ގުޅިގެން އިން-ކަންޓްރީ ޕްރޮގްރާމް އޮން ”ޑިވެލޮޕްމަންޓް އޮފް މޯލްޑިވްސް ނޭޝަނަލް ޓިވެޓް ޕޮލިސީ ފްރޭމްވޯރކް“ގެ ނަމުގައި  ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމް ކުރިޔަށްދަނީ ވޯރލްޑްބޭންކްގެ މޯލްޑިވްސް އެންހާންސިންގ އެމްޕްލޯޔަބިލިޓީ އެންޑް ރެޒީލިއަންސް އޮފް ޔޫތު (މީރީ) ޕްރޮޖެކްޓްގެ އެހީތެރިކަމާއެކުއެވެ.

މި ހަފްލާ ޝަރަފްވެރި ކޮށްދެއްވާފައިވަނީ މިނިސްޓަރ ސްޓޭޓް ފޮރ އެޑިޔުކޭޝަން، ޑރ. އަޙްމަދު މުޙައްމަދުއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ ޓިވެޓް ދާއިރާތަކަށް އަހުލުވެރިކުރުމަށް ކީ-ސްޓޭޖް 3 ން ފެށިގެން ކަރިކިޔުލަމަށް ޓިވެޓް ޕްރޮގްރާމްތައް އިންޓަގްރޭޓް ކުރުމަށްފަހު ކީ ސްޓޭޖް 4 ގައި ޓިވެޓްގެ އެކި ރޮނގުރޮނގުން މާއްދާތައް ކިޔަވައިދިނުމާއި އަދި ކީ ސްޓޭޖް 5 ގައި ޓިވެޓް ސްޓްރީމެއް ފެށުމުގެ ޚިޔާލު ގެންގުޅުއްވާ ކަމަށެވެ.

މި ހަފްލާގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން،ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރިޔަމް މާރިޔާ ވީޑިޔޯ މެދުވެރިކޮށް ދެއްވި ޚާއްސަ މެސެޖްގައި ޤަައުމީ ފެންވަރުގެ ޓިވެޓް ޕޮލިސީއެއް އޮތުމުގެ މުހިއްމުކަމަށް އަލިއަޅުވާލެއްވިއެވެ. މިގޮތުން ބަދަލުވަމުންދާ ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރާއި މައުލޫމާތު ލިބިފައިވާ ފަރުދުންތަކެއް ބިނާކުރުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. މި ޕޮލިސީގެ ސަބަބުން އިގްތިސާދަށާއި ދިވެހީންނަށް ފާގަތި މުސްތަޤްބަލެއް ގެނުވާނެކަމަށް ވިދާޅުވިއެވެ.

ހަފްލާގެ ބައިވެރިންނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި، އެމް. އެން .އެސް.ޑީ.އޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ ޒަހުރާ މުޙައްމަދު ވިދާޅުވީ މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ”ޓިވެޓް“ ދާއިރާގެ ޕޮލިސީތައް ތައްޔާރުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ބަލައި، އެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ކުރިމަތިވާ މައްސަލަތަކާއި، ގޮންޖެހުންތައް ދެނެގަތުމުގެ އިތުރުުން، މީގެ ކުރިން އެކުލަވާލައިފައިވާ ސްޓްރެޓެޖިކް ޕްލޭންތައް ދިރާސާކޮށް، މުސްތަޤުބަލުގައި ބޭނުންކުރެވޭނެ ހަރުދަނާ ޓިވެޓް ޕޮލިސީ ޕްރޭމްވޯކެއް އެކުލަވާލުންކަމަށެވެ.

މި ޕޮލިސީ ފްރޭމްވޯކްގެ އެހީގައި މަސައްކަތްތެރިކަމާއިގުޅޭ ތައުލީމާއި ތަމްރީނު ދިނުމަށް ބޭނުންކުރާ ކަރިކިއުލަމްތައް އެކުލަވާލުމާއި، ސްޓްރެޓެޖިކް ޕްލޭންތައް ކުރިއަށް ގެންދިއުމާއި، ވަސީލަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށް މަގުފަހި ވެގެންދާނެ، އަދި މަސައްކަތްތެރިކަމުގެ ސިނާއަތްތަކާއި ގުޅުން ބަދަހިކޮށް، ތަމްރީނުތައް ހިނގަމުންދާގޮތް ބަލައި، ތަމްރީނުތަކުގެ ފެންވަރު ކަށަވަރުކުރުމާއި، ވަޒަންކުރެވޭނެ ނިޒާމެއް ޤާއިމްކުރެވޭނެ ކަމަށްވެސް ސީ.އީ.އޯ ވިދާޅުވިއެވެ.

2024 ޖޫން 2 އަކުން 6 އަކަށް މާލޭގައި ބާއްވާ މި ތަމްރީނު ޕްރޮގްރާމުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަންނީ ތަޖްރިބާކާރުން ސެޝަންތައް ނަންގަވައިދެއްވުމަށްވަނީ ހަމަޖެހިފައެވެ. މި ތަމްރީނު ޕްރޮގްރާމުގައި ޓިވެޓް ދާއިރާއަށް ނިސްބަތްވާ 60 ފަރާތަކުން ބައިވެރިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: