ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުރަތަމަ ކުއާޓާރ ނިމުނު އިރު ދަރަނި ހުރީ 112.2 ބިލިއަނުގައި

އެމްއެމްއޭ ބިލްޑިނގް
ޝެއާރކޮށްލާ ކަހަލަދޯ؟

2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރ ނިމިގެންދިޔައިރު ދިވެހިރާއްޖޭގެ ދަރަނި ހުރީ 112.2 ބިލިއަން ރުފިޔާގައިކަމަށް އެމްއެމްއޭއިން ބުނެފިއެވެ.

އެމްއެމްއޭއިން އާންމުކުރާ އިކޮނޮމިކް އަޕްޑޭޓްގެ މޭ 2024ގެ ރިޕޯޓުގައި އެ މުއައްސަސާއިންވަނީ ދިވެހިރާއްޖޭގެ އިގްތިސާދު އަދި މާލީ ހާލަތާއި ގުޅުން ހުރި ގިނަ މައުލޫމާތުތަކެއް ހިއްސާކޮށްފައެވެ.

2023 ވަނަ އަހަރާއި އަޅާ ބަލާއިރު 2024ގެ އެޕްރިލް މަހުގެ ތެރޭގައި ފަތުރުވެރިން އައިސްފައިވާ އަދަދު 2 އިންސައްތައިން އިތުރުވެފައިވާކަމަށް ބުނެފައިވެއެވެ. އެގޮތުން އެއްލައްކަ ފަސްދޮޅަސް އަށްހާސް ތިންސަތޭކަ ފަސްދޮޅަސް ހަ ފަތުރުވެރިޔަކު އައިސްފައިވާކަމަށް މައުލޫމާތު ދީފައިވާއިރު، ގެސްޓްހައުސްތަކުގެ ބެޑްނައިޓް 17 އިންސައްތައިން ދަށްވުމުގެ ސަބަބުން ރިސޯޓުތަކުގައި 2 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާނަމަވެސް ޖުމުލަ ބެޑްނައިޓްގެ އިންސައްތަވެސް ވަނީ ދަށްވެފައިކަމަށް ބުނެފައިވެއެވެ.

އެޕްރިލް މަހުގައި އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާނީ ޔޫރަޕާއި ޗައިނާ ފަދަ މާކެޓުތަކުންކަމަށްވެސް ރިޕޯޓުގައި ހިއްސާކޮށްފައިވެއެވެ. ވަކި ވަކި ގައުމުތަކަށް ބަލާއިރު އެންމެ ގިނަ މީހުން އައީ އިނގިރޭސި ވިލާތުންކަމަށާއި ދެވަނަ އަށް ޗައިނާއިންކަމަށް މައުލޫމާތު ދީފައިވާއިރު ތިން ވަނަ ގައުމެއްގެ ގޮތުގައި ރަޝިއާ އަދި ޖަރުމަނުވިލާތާއި އިޓަލީއިންވެސް ގިނަ އަދަދެއްގެ މީހުން ރާއްޖެއަށް ޒިޔާރަތްކުރިކަމަށް ބުނެފައިވެއެވެ.

2023 ވަނަ އަހަރާއި އަޅާ ބަލާއިރު މި އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ޖުމުލަ 1537 އެނދު އިތުރުކުރެވިފައިވާކަމަށް އަލިއަޅުވާފައިވާއިރު މި އަހަރުގެ އޮކިއުޕަންސީ ރޭޓުވަނީ 62 އިންސައްތައިން ވެއްޓިފައިކަމަށާއި އެހެންނަމަވެސް ޖެނުއަރީ އިން އެޕްރިލް 2024 އާއި ދެމެދު ފަތުރުވެރިން އައި އަދުދުތައްވަނީ 12 އިންސައްތައިން އިތުރުވެފައިކަމަށް ބުނެފައިވެއެވެ.

އެމްއެމްއޭއިންވަނީ ދިވެހިރާއްޖޭގެ ދަރަނީގެ ހާލަތާއި ގުޅޭގޮތުންވެސް މައުލޫމާތު ދީފައެވެ. އެގޮތުން ރާއްޖޭގެ ޖުމުލަ ދަރަނިވަނީ 2024ގެ ފުރަތަމަ ކުއާޓާރގައި 112.2 ބިލިއަނަށް އަރާފައިކަމަށާއި މިއީ 2023ގެ ފުރަތަމަ ކުއާޓާރގައި ދަރަނި އިތުރުވި މިންގަނޑަށްވުރެ 1 އިންސައްތައިގެ އިތުރުވުމެއް ކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: