ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2022ގައި އިސްރާއީލުން ރާއްޖެއަށް 447,000 ޑޮލަރުގެ މުދާ އެތެރެކުރި!

ފަލަސްތީނުގެ ހައްގުގައި ދިވެހިން މަގުމައްޗަށް/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމާއިއެކު އެކި ފަރާތްތަކުން ދަނީ މިކަމުގެ ނަތީޖާތަކާއިމެދު އެކި ވާހަކަތައް ހިއްސާކުރަމުންނެވެ. ބައެއް ފަރާތްތަކުން ދިވެހިރާއްޖެއާއި އިސްރާއީލާއި ދެމެދު އެއްވެސް މާލީ މުއާމަލާތެއް ކުރެވެމުން ނުދާކަމަށް ބުނެއެވެ. އެހެންނަމަވެސް ބައެއް އިސްވެރިންގެ މައްޗަށް އެ ގައުމާއިއެކު ގުޅުންތައް ބޭއްވުމުގެ ތުހުމަތުތައްވެސް ކުރެވިފައވާއިރު ވިޔަފާރި މުއާމަލާތްތަކެއް ކުރެވިފައިވާކަމަށް ދިރާސީ މައުލޫމާތުތަކުންވެސް ދައްކާކަމަށްވުމުން މި ކަމަށް ބަލާލުން މުހިންމެވެ.

ބައިނަލްއަގުވާމީ ދިރާސާތައް ހަދާ ފަރާތްތަކުން ބުނާގޮތުން ރާއްޖެ އަދި އިސްރާއީލުގެ ދެމެދު ކުރެވިފައިވާ ވިޔަފާރި މުއާމަލާތްތައްވަނީ ވޭދުވެތިޔަ އަހަރުތަކުގެ މަތިން އިތުރުވެފައެވެ. އިސްރާއީލުން ރާއްޖެއަށް މުދާ އެތެރެކޮށްފައިވާކަމަށް ބުނެފައިވާއިރު ރާއްޖެއިން މުދާ ބޭރުކޮށްފައިވާކަމަށްވެސް މައުލޫމާތުތަކުގައިވެއެވެ.

ދުނިޔޭގެ މަޝްހޫރު ތައުލީމީ ވުޒާރާ އެމްއައިޓީއިން ބައިނަލްއަގުވާމީ އިގްތިސާދާއި ގުޅޭ މައުލޫމާތުތައް އެއްކުރުމަށާއި އެއްތަނަކުން ލިބެން ހުންނާނެ މަގު ފަހިކުރުމުގެ ގޮތުން ބިނާކޮށްފައިވާ “އޮބްސާރވެޓޯރީ އޮފް އިކޮނޮމިކް ކޮމްޕްލެކްސިޓީ” އޯއީސީއިންވަނީ ރާއްޖެއާއި އިސްރާއީލާއި ދެމެދު ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ކުރެވިފައިވާ ވިޔަފާރީގެ މައުލޫމާތުތައް ވަނީ އާންމުކޮށްފައެވެ.

ދެ ގައުމު ދެމެދު ރަސްމީ ވިޔަފާރި ގުޅުމެއް ނެތްނަމަވެސް ރާއްޖޭގައި ބަޔަކު އިސްރާއީލާއެކު ވިޔަފާރި މުއާމަލާތްތަކެއް ކުރަމުންދާކަން އޯއީސީގެ މައުލޫމާތުތަކުން ސާފުވެއެވެ. 2022 ގައި އިސްރާއީލުން ރާއްޖެއަށް އެކްސްޕޯޓުކުރި މުދަލުގެ ޖުމުލަ އަގު ހަތަރު ލައްކަ ސާޅީސް ހަތްހާސް ޑޯލަރަށް އަރާކަމަށް ބުނެފައިވާއިރު އެންމެ ގިނައިން އެތެރެކުރި މުދަލުގެ ތެރޭގައި ހިމެނެނީ މޯބައިލް ފޯނުކަމަށް ހާމަކޮށްފައިވެއެވެ. އެތަކެތީގެ އަގު ދެލައްކަ ހަތްހާސް ޑޮލަރަށް އަރާކަމަށް ބުނެފައިވެއެވެ. ދެވަނަ އަށް އެންމެ ގިނައިން އެތެރެކުރީ ވީޑިއޯ ޑިސްޕްލޭކަމަށާއި ފަސްދޮޅަސް ހާސް ޑޮލަރުގެ އެފަދަ މުދާ އެތެރެކުރިކަމަށް ބުނެފައިވެއެވެ.

އޯއީސީއިން ބުނެފައިވާގޮތުން އިސްރާއީލުން ރާއްޖެއަށް 2022 ވަނަ އަހަރު ސާދަހާސް ޑޮލަރުގެ އެއަރކްރާފްޓް ބައިތައްވެސް އެކްސްޕޯޓުކޮށްފައިވެއެވެ. އަދި 2017 9800 ޑޮލަރުގައި ހުރި ވިޔަފާރީގެ ޖުމުލަ މުއާމަލާތްތައް ވަނީ އަހަރަކުން އަހަރަކަށް 115 އިންސައްތައިގެ ރޭޓަކުން ފުޅާވެ ހަތަރު ލައްކަ ސާޅީސް ހަތްހާސް ޑޮލަރަށް އަރާފައިކާމަަށް ބުނެފައިވެއެވެ.

ރާއްޖެއިން އިސްރާއީލަށް ބޭރުކޮށްފައިވާ މުދަލުގެ މުއާމަލާތްތަކާއި ގުޅޭގޮތުންވެސް ބައެއް ތަފްސީލުތައް ހިއްސާކޮށްފައިވެއެވެ. އެ ވެބްސައިޓުގެ މައުލޫމާތުގައިވާގޮތުން 2022ގައި ރާއްޖެއިން އިސްރާއީލަށް ބޭރުކުރި މުދަލުގެ ޖުމުލަ އަގު އަރަނީ އެއްތިރީސްހާސް ޑޮލަރަށްކަމަށެވެ. އަދި ރާއްޖެއިން އެ ގައުމަށް އެކްސްޕޯޓުކުރި ތަކެތީގެ ތެރޭގައި މައިގަނޑު ގޮތަކަށް ހުރީ ބްރޯޑްކާސްޓިންގް ސާމާނުކަމަށްވެސް ބުނެފައިވާއިރު 2017 އިން 2022ގެ ނިޔަލަށް އަހަރަކުން އަރަކަށް 4.96 އިންސައްތައިގެ ރޭޓަކުން އެ މަސައްކަތްތައް ހީނަރުވަމުން އައިސްފައިވާކަމަށް ބުނެފައިވެއެވެ.

ރާއްޖެއިން އެންމެ ފުރަތަމަ އިސްރާއީލާއި ހާރިޖީ ގޮތުން ގުޅުން ގާއިމުކުރީ 1965 ވަނަ އަަހަރުގައެވެ. އެހެންނަމަވެސް ކުރު މުއްދަތަކަށް ބޭއްވި މި ގުޅުން 1974 ވަނަ އަހަރު މެދުކަނޑާލާފައިވާއިރު އަލުން ގުޅުން ގާއިމުކުރީ އެތައް ޒަމާނަކަށްފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދައުރުގައެވެ. އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ރާއްޖެއިން އިސްރާއީލާއިއެކު ފަތުރުވެރިކަމާއި ތައުލީމު އަދި ސަގާފަތާއި ސިއްހަތުގެ ދާއިރާއިން އެއްބަސްވުންތައް ގާއިމުކުރިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންވަނީ އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގައި އިސްރާއީލާއި ދެމެދު ވެފައިވާ އެއްބަސްވުންތައް ވަނީ ބާތިލުކޮށްފައެވެ. އެއަށްފަހު ރާއްޖެއާއި އިސްރާއީލުގެ ނަން އެއްޖުމުލައެއްގައި ކިޔަން ފެށީ 2020 ވަނަ އަހަރުގެ ތެރޭގައިކަމަށްވާއިރު ރާއްޖެއިން އިސްރާއީލާއި ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރަމުންދާކަމަށް ބަހްރެއިންގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ވާހަކަތައް އޭރު ފޮރިން މިނިސްޓަރުކަމުގައި ހުންނެވި އަބްދުﷲ ޝާހިދު ދޮގުކުރެއްވިއެވެ.

އެއަށްފަހު ދެން އިސްރާއީލުގެ ހިލަމެއްވީ އެ ގައުމުގެ ފަތުރުވެރިކަމާއި ގުޅުން ހުރި ކުންފުންޏެއްކަމަށްވާ ކެމީނޯއިން ރާއްޖެއަށް ޑައިރެކްޓް ފަލްއިޓުތައް ޕްރޮމޯޓްކުރަން ފެށުމުންކަމަށްވާއިރު 6 ސެޕްޓެމްބަރު 2021 އިން އޮކްޓޯބަރު 4 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޑައިރެކްޓް ފްލައިޓުތައް އަޅާނެކަމަށް ކެމީނޯކްއިސް ކޮށްފައިވާ އިސްތިހާރު ދިވެހި ޓްރާންސްޕޯޓު މިނިސްޓްރީއިންވަނީ ދޮގުކޮށްފައެވެ.

މިހާރު ރާއްޖެއިންވަނީ ރަސްމީގޮތުން އިސްރާއީލުގެ ޕާސްޕޯޓުގައި އެތެރެނުވެވޭ ގޮތަށް ކަނޑައަޅާފައެވެ. ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން މި ނިންމުން ނިންމެވީ ޕާސްޕޯޓު ބޭންކުރުމަށް ގޮވާލަމުންދާ އަޑުތައް ގަދަވެފައިވާ ދުވަސްވަރެއްގައިކަމަށްވާއިރު، މި ނިންމުމަށް ގިނަ ފަރާތްތަކެއްގެ ތައުރީފު ލިބިފައިވާކަން ފާޙަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: