ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023 ވަނަ އަހަރު ޑޮލަރުން ލިބުނު އާމްދަނީ އިތުރު: މީރާ

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ). ފޮޓޯ: އެޑިޝަންއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ ތެރޭގައި ޑޮލަރުން ލިބުނު އާމްދަނީގެ އަދަދު އިތުރުވެފައިވާކަމަށާއި އެ އަހަރު 949.74 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ހޯދުނުކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ(މީރާ) އިން ބުނެފިއެވެ.

މީރާއިން އާންމުކޮށްފައިވާ 2023 ވަނަ އަހަރުގެ އެނުއަލް ރިޕޯޓުގައިވާގޮތުން އެ އަހަރުގެ ތެރޭގައި އެ މުއައްސަސާއިން އާމްދަނީގެ ގޮތުގައި 24.86 ބިލިއަން ރުފިޔާ ހޯދާފައިވެއެވެ. އަދި މިއީ މިހާތަނަށް އެންމެ ގިނައިން ޓެކްސް ފައިސާގެ ގޮތުގައި އާމްދަނީ ލިބުނު އަހަރަކީވެސް 2023 ކަމަށް ފާހަގަކޮށްފައިވެއެވެ. އެ އަދަދުގެ 97.8 އިންސައްތަ ފައިސާ ނަގާފައިވަނީ އީ ޕޭމަންޓުގެ ގޮތުގައިކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

އެ މުއައްސަސާއިންވަނީ އެ އަހަރުގެ ހަރަދުތަކާއި ގުޅޭ މައުލޫމާތުތައްވެސް ހިއްސާކޮށްފައެވެ. އެގޮތުން އިދާރީ ހަރަދުތަކުގެ ގޮތުގައި 105.57 މިލިއަން ރުފިޔާ 2023 ވަނަ އަހަރުގައި ހޭދަކޮށްފައިވާއިރު މި އަދަދަކީ 2022 ވަނަ އަހަރާއި އަޅާ ބަލާއިރު 5.1 އިންސައްތަ އިތުރު އަދަދެއްކަމަށްވެސް އަލިއަޅުވާފައިވެއެވެ. މީރާއިން ބުނެފައިވާގޮތުން މި އަދަދު މަތިވުމަށް ދިމާވެފައިވާ މައިގަނޑު ސަބަބަކީ އޭގެ ކުރީ އަދަދަށްވުރެ ރިކަރެންޓު ހަރަދުތައް އިތުރުވެފައިވުންކަމަށެވެ.

ރިޕޯޓުގައިވާގޮތުން އެ މުއައްސަސާއަށް ހޯދުނު ކޮންމެ 100 ރުފިޔާއަކަށް 40 ލާރި ހަރަދުވެފައިވާކަމަށެވެ. އަދި ހޭދަކުރި ކޮންމެ 1 ރުފިޔާއަކަށް 235 ރުފިޔާ އާމްދަނީގެ ގޮތުގައި ހޯދާފައިވާނެކަމަށް ރިޕޯޓުގައިވެއެވެ. މިގޮތުގެ މަތިން ހޯދިފައިވާ އާމްދަނީގެ ޖުމުލަ 24.86 ބިލިއަނަށް އަރާއިރު މިއީ 2022 ވަނަ އަހަރާއި އަޅާބަލާއިރު 12.4 އިންސައްތަ މަތީ އަދަދެއްކަމަށާއި 2023 ވަނަ އަހަރުގެ އަންދާޒާއަށްވުރެ 7 އިންސައްތަ އިތުރުކަންވެސް ހާމަކޮށްފައިވެއެވެ.

2023 ވަނަ އަހަރު ސަރުކާރަށް ލިބުނު ޖުމުލަ އާމްދަނީގެ 75 އިންސައްތަ ހޯދާފައިވަނީ އެ މުއައްސަސާ މެދުވެރިކޮށްކަމަށްވެސް ރިޕޯޓުގައިވާއިރު، 2023 ވަނަ އަހަރު ލިބިފައިވާ އާމްދަނީ 58.6 އިންސައްތަ ލިބިފައިވަނީ ޑޮލަރުންކަމަށްވެސް ބުނެފައިވެއެވެ. އެގޮތުން 2023 ވަނަ އަހަރުގެ ތެރޭގައި ޑޮލަރުން 949.74 މިލިއަން ލިބިފައިވާކަމަށާއި އެއީ ރުފިޔާއިން ބަލާނަމަ 14.57 ބިލިއަނާއި ގާތްކުރާ އަދަދެއްކަމަށާއި ޑޮލަރު ލިބުނު އަދަދުވަނީ 2022 ވަނަ އަހަރާއި އަޅާބަލާއިރު 6.1 އިންސައްތަ އިތުރުވެފައިކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: