ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި މަހު އެކަނިވެސް އީދު މިސްކިތުން 10 ފަންކާ ވަގަށް ނަގައިފި

ތަގުވާ މިސްކިތުން ފަންކާއެއް ވަގަށް ނަގައިގެން ގެންދަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިސްކިތްތަކުން ވައްކަން ކުރާ މައްސަލަ ބޮޑުވެ، މި މަހު އެކަނި ވެސް އީދު މިސްކިތުން 10 ފަންކާ ވަގަށް ނަގާފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

މިސްކިތުގައި މަސްތުވާތަކެތި ބޭނުންކޮށް، ނަޖިސްކޮށް ވައްކަން ކުރާ މައްސަލައިގައި ސީސީޓީވީ ހަރުކޮށް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ވެސް ގެނަ އެވެ. އެހެން ނަމަވެސް މިސްކިތުން ވައްކަން ކުރާ މައްސަލަތައް ހައްލުވެފައި ނުވެ އެވެ.

މީގެ ދުވަސްތަކެއް ކުރިން ވެސް ސިޓީ ކައުންސިލުން ވަނީ ފަންކާއާއި، އަދި މިސްކިތުގެ ކަރަންޓު ކޭބަލް ނުވަތަ ފެން މޯޓަރު ވަގަށް ގެންދާ މަންޒަރު ފެންނަ ފުޓޭޖުތައް އާންމުކޮށްފަ އެވެ.

މި މައްސަލަ އަނެއްކާވެސް ގޯސްވެ، ކައުންސިލުން ބުނީ ވައްކަން ކުރާ މީހުންގެ ސީސީޓީވީތައް ފުލުހުންނާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ކައުންސިލް ވަނީ މިސްކިތުން ވައްކަންކޮށް، ބައެއް މީހުން ގެއްލުންދޭކަން ވެސް ފާހަގަކޮށް އެފަދަ އަމަލުތައް ނުހިންގުމަށް އިލްތިމާސްކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: