ރާއްޖޭގެ ސިއްޙީ ޙާލަތު އެންސްޕާއަށް ބަލާލުމުން އެނގިގެންދާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވިދާވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން އިމްރާން ލަޠީފް ހުށަހަޅުއްވާފައިވާ، ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ފަލާހު ވިދާޅުވީ، ރާއްޖޭގައި ސިއްހީ މައްސަލަތަށް މިއަދު މިވަނީ ކަންބޮޑުވާ ދަރަޖައަށް ގޮސްފައި ކަމަށާއި ރާއްޖޭގެ ސިއްޙީ ހާލަތު އާސަންދައާއި އެންސްޕާއަށް ބަލާލި ކަމުގައިވީ ނަމަވެސް އެނގިގެންދާނެ ކަމަށެވެ.
ފަލާހު ވިދާޅުވީ އެކަމުގައި ވަރަށް ގިނަ ސަބަބުތަކެއް އެކުލެވިގެންވާ ކަމަށެވެ. އަދި ސިއްހީ ޙިދުމަތް ދިނުމުގެ ޤާނޫނަށް ހުށައަޅާއިފައިވާ އިސްލާހުގައި ވަނީ މިއަދުގެ ސަރުކާރުން ދިވެހިރާއްޖޭގެ ރައްޔިތުންގެ ސިއްޙީ ޙާލަތާއި މެދު ކަންބޮޑުވެވަޑާއިގެން ރާއްޖޭގެ ސިއްޙީ ހާލަތު ރަނގަޅު ކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
މީގެ އިތުރުން، ރާއްޖެއިން ބޭރުން އެެތެރެކުރާ ތަކެއްޗާއި އަދި ރާއްޖޭގައި ދަނޑުވެރިން އުފައްދައި ތަކެތި ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި ކާބޯތަކެތި އުފެއްދުމުގައި ބޭނުންކުރާ ކެމިކަލްތަކާއި، ރާއްޖެއިން ބޭރުން އިންޕޯޓްކުރެވޭ އެކި ކާބޯތަކެތީގެ މިންގަނޑުތަށް ބެލެހެއްޓޭނެ ނިޒާމެއް މިވަގުތު ނެތް ނަމަވެސް ހަރުދަނާ ގޮތެއްގައި މިކަން ބެލެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް ވަނީ ވިދާޅުވެފައެވެ.
“ ޙާއްސަ ގޮތެއްގައި ކާބޯތަކެތި، ބޭރުން އެތެރެކުރެވޭ ތަކެއްޗާއި އަދި ރާއްޖޭގައި އަޅުގަނޑުމެންގެ ދަނޑުވެރިން މި އުފައްދައި ތަކެއްޗާއި، ހާއްސަ ގޮތެއްގައި އެ ބޭނުންކުރާ އެކި އެކި ކެމިކަލްތަކާއި، ޙާއްސަގޮތެއްގައި ރާއްޖެއިން ބޭރުން މި އިންޕޯޓް ކުރެވޭ އެކި އެކި ކާބޯތަކެތީގެ މިންގަނޑުތައް ބެލޭނެ ނިޒާމެއް ނެތުމާއި، މިކަން ކަން ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން“ ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ، މިއަދުގެ ސަރުކާރުން ފެނިގެން ދަނީ ކޮންމެ ރައްޔިތަކަށްވެސް މުހިންމު އަދި ކޮންމެ ވަސީލަތެއްވެސް ފުރިހަމަ ކުރުމަށްޓަކައި އަމާޒު ހިފައިފައިވާ މަންޒަރު ކަމަށެވެ.. ސިއްޙީ ޙިދުމަތްތަކާއި ބެހޭ ބިލު ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަކީ މިއަދު ހުރިހާ ރައްޔިތުން އަދި މަޖިލިހުގެ މެމްބަރުންވެސް ވަރަށް ބޮޑަށް ވިސްނާވަޑައިގަންނަވާ ކަމެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ.
“ އަޅުގަނޑު ދެކި ވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް އަދުގެ ސަރުކާރުން މި ގެންނަމުންދާ ބަދަލުތަކާއި މި ސިއްހީ ނިޒާމު ހާރުދަނާކޮށް ބެލެހެއްޓުމަށްޓަކައި މި ކުރާ މަސައްކަތްތައް ފާހަގަ ކުރައްވާެނެ “ ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ، މިދިޔަ ސަރުކާރު ނިމިގެން ގޮސްފައިވަނީ ސިއްޙީ ނިޒާމު އެއްކޮށް ފުޑުފުޑު ކޮށްލައިފައި ކަމަށެވެ. އަދި އެއީ ކަންބޮޑުވާން ޖެހޭ ކަމެއްކަން ވަނީ ފާހަގަކޮށްފައެވެ.

