ސިއްޙީ ނިޒާމު ފުރިހަމަ ކުރުމަށްޓަކައި “ ޕްރިވެންޓިވް ކެއަރ “ ގެ ޙިދުމަތް މުހިންމު ކަމަށް މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން އިމްރާން ލަޠީފް ހުށަހަޅުއްވާފައިވާ، ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން ރިފާއު ވިދާޅުވީ، ސިއްޙީ ނިޒާމު ފުރިހަމަ ކުރުމަށްޓަކައި ކުރަން ޖެހޭ މުހިންމު އެއްކަމަކީ ބަލިވުމަށް ދިމާވާ ސަބަބުތައް ދެނެގަނެ ރައްޔިތުން އެކަމަށް ހޭލުންތެރި ކުރުވުން ކަމަށެވެ.
“ ޕްރިވެންޓިވް ކެއަރ ”ގެ ޙިދުމަތަކީ ރާއްޖޭގައި ކުރީގައި ރަނގަޅު ފެންވަރެއްގައި ދެމުން އައި ޙިދުމަތެއް ނަމަވެސް މިހާރު އެ ޙިދުމަތް ދެމުން ނުދާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ކުރީގެ އަހަރުތަކަށް ބަލާއިރު ހެލްތް މިނިސްޓްރީއިން ސްކޫލުތަކުގެ ކުދިންނާއި ބައްދަލުކޮށް ދަރިވަރުންނަށް ސިއްޙަތާއި ބެހޭ މައުލޫމާތު ހިއްސާކޮށްދެއްވާކަން ފާހަގަކޮށް ވިދާޅުވީ މިކަމަކީ މިއަދުވެސް ކުރުން މުހިންމު ކަމެއް ކަމަށެވެ.
“ ހެލްތް މިނިސްޓްރީއިން އާދެ ޓީމުތައް.. ސްކޫލު ކުދިންނާއި ބައްދަލުކޮށް، އެކި އެކި ނުރަގަނޅު އާދަތަކާއި ބެހޭ މައުލޫމާތު ސްކޫލު ކުދިންނަށް ފޯރުކޮށްދޭ. ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ބެހޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދީ އުޅުނު، މަސްތުވާ ތަކެއްޗާއި ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދީ އުޅުނު. އަދި އެކި އެކި އެހެން ބަލި ބައްޔާއި ބެހޭގޮތުން ރަނގަޅު ކާނާއާއި ކެއުމަށް ބޭނުންކުރަންޖެހޭ ރަނގަޅު ގޮތްތަކާއި ބެހޭ މަޢުލޫމާތު ފޯރުކޮށްދީ އުޅުނު.. އެހެން ނަމަވެސް މިއަދު މިކަހަލަ އެއްވެސް ކަމެއް މި މުޖުތަމައުން ނުފެންނަކަމީ އަޅުގަނޑުމެން ހިތާމައާއެކު ފާހަގަކުރަންޖެހޭ ކަމެއް. ރިފާއު ވިދާޅުވިއެވެ.
ރިފާއު ވިދާޅުވީ، ރައްޔިތުންނަށް ޙިދުމަތް ރަނގަޅު ގޮތުގައި ދެއްވުމަށް މި ބިލު ފާސްކޮށް އެފަދަ ހިދުމަތްތަށް ފޯރުކޮށްދެވޭނެ ގޮތަށް ހެދުމަކީ އެދިލައްވާ ކަމެއް ކަމަށެވެ.

