ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތުގެ ޒިންމާއާއި ގުޅިގެން ޝުޖާއުގެ ގިނަ ކަންބޮޑުވުންތަކެއް!

ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާވިސްގެ ޤާނޫނީ ޒިންމާ މަތިކުރުމަށް ރާއްޖޭގެ ސިއްޚަތާއި ބެހޭ ޤާނޫނަށް އިސްލާހު ގެންނަން ޖެހޭކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިފަދައިން ވިދާޅުވީ، ސިއްޚަތާއި ބެހޭ ގާނޫނު އިސްލާހު ކުރުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ. މި ބިލުން ފާހަގަވާ އެންމެ މުހިންމުކަމެއްގެ ގޮތުގައި ޝުޖާއު ވިދާޅުވީ، ކޮވިޑް ޕެންޑަމިކާއި ގުޅިގެން ކުރީ ސަރުކާރުގައި ހިންގި ބޮޑު ވައްކަންކަމަށެވެ. އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލަށް ޤާނޫނީ ޒިންމާއެއް މަތިކޮށްފައިނުވާކަމަށް ފާހަގަކޮށް ޝުޖާއު ވަނީ އޭނާއަށް ބޮޑެތި ވައްކަމުގެ ތުހުމަތުތަކެއް ކުރައްވާފައެވެ.

ކުރީ ސަރުކާރުން ސިއްހީ ނިޒާމުގެ ތެރެއިން ގިނަ ވައްކަންތަކެއް ކޮށްފައިވާތީ މި ސަރުކާރުން މި ނިޒާމު ޒިންމާދާރުކަމާއިއެކު ބެލެހެއްޓޭނެ ގޮތް ގާނޫނުގެ ތެރެއިން ހޯދާނެކަމަށް ޝުޖާއު ވިދާޅުވިއެވެ. ސިއްޚަތާއި ބެހޭ ޤާނޫނުގެ 5 ވަނަ މާއްދާ އާއި 10 ވަނަ މާއްދާއަށް އިސްލާހު ގެންނަން ޖެހޭކަމަށް ޝުޖާއު ގަބޫލު ކުރައްވައެވެ. މިފަދަ އިސްލާހެއް ގެނެސްފިނަމަ ސިޔާސީ ބޭފުޅުންނަށް ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާވިސްގެ މައްޗަށް ބާރު ނުފޯރުވޭނެކަމަށް ވިދާޅުވިއެވެ.

އޭނާއަކީ ޒިންމާދާރު މީހެއް އޭނާއަކީ ބައްޔެއް ދުނިޔޭގައި ފެތުރެމުންދަންޏާ ދައުލަތުގެ ސަމާލުކަމަށް ގެނެސް އަޅަންޖެހޭ ފިޔަވަޅުތައް ކަމާއިބެހޭ ވުޒާރާތަކަށް މަތިކުރަން އެ ޒިންމާ އޭނާއަށް ޤާނޫނުން މި ހަވާލުކުރީ.

ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވަނީ އޭރު ކޮވިޑާއި ގުޅިގެން ރާއްޖެ އެތެރެކުރި ވެކްސިނާއި ގުޅިގެންވެސް ސުވާލު އުފައްދަވާފައެވެ. އަދި އެދުވަސްވަރު އިދިކޮޅުގައި ތިބެގެންވެސް މި ވެކްސިންތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮވާލާފައިވާނެކަމަށް ޝުޖާއު ވިދާޅުވިއެވެ. ނަމަވެސް އޭރު ހުންނެވި ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާވިސް އިން ފަރުވާ ކުޑަ ކުރުމުން އޭގެ ނާޖާއިޒު ފައިދާ ނަގައިގެން ބޮޑެތި ވައްކަންތައް ރާއްޖޭގައި ހިންގާފައިވާ ކަމަށް ޝުޖާއު ވަނީ ތުހުމަތުކުރައްވައިފައެވެ.

ދިވެހި ރައްޔިތުންގެ ކާބޯތަކެއްޗަކީ ރައްކާތެރިކަމާއެކު ބޭނުންކުރެވޭ ތަކެތިކަމުގައި ހެއްދެވުމުގެ ބޮޑު މަޝްރޫއެއް މި ސަރުކާރުން ފެއްޓެވީވެސް ރައްޔިތުންގެ ސިއްހަތުގެ ރައްކާތެރިކަމަށްޓަކައެވެ. ހާއްސަ އިސްކަމެއް ދީގެން މި ސަރުކާރުން ސިއްޚީ ދާއިރާގައި ހުރި ކަންތައްތައް ރަނަގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދާކަމަށް ޝުޖާއު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: