ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ މި ފަހުން އެންމެ އަވަހަށް އެއް މިލިއަން ފަތުރުވެރިން ހަަމަވި އަހަރު: މިނިސްޓަރ ފައިސަލް

މިނިސްޓަރު ފައިސަލް: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް މި އަހަރު އެއް މިލިއަން ފަތުރުވެރިން އައިސްފައިވަނީ ވޭތުވެދިޔަ 7 އަހަރާއި އަޅާ ބަލާއިރުވެސް އަވަށްކަމަށްވުމުން އެއީ ލިބިފައިވާ ބޮޑު ކުރިއެރުމެއްކަމަށް ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން އައުން ފާހަގަކޮށް އެއަރޕޯޓުގައި ހުންނަވައި މީޑިއާތަކަށް ދެއްވި އިންޓަރވިއުގައި މިނިސްޓަރ ފައިސަލް ވިދާޅުވީ، އެއް މިލިއަން ވަނަ ފަތުރުވެރިޔާ އައިސްފައިވަނީ ތައިލެންޑުންކަމަށެވެ. މިނިސްޓަރ ވިދާޅުވީ، މީގެ ކުރީ 7 އަހަރާއި އަޅާ ބަލާއިރުވެސް މި އަހަރު ފަތުރުވެރިންގެ އަދަދު އެއް މިލިއަނަށް އަރާފައިވަނީ އަަވަސް ކޮށްކަމަށާއި އެއީ ލިބިފައިވާ ކާމިޔާބީއެއްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ކޮވިޑްއަށް ފަހު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ހީނަރުވެގެންދިއުމަށްފަހު މާކެޓުތަކުން ފަތުރުވެރިން އައުން އާންމު ހާލަތަށް އައިސްފައިވަނީ މިދިޔަ އަހަރުގައިކަމަށެވެ. އެހެންކަމުން މިހާރު ލިބިފައިވާ ކާމިޔާބީއަށް ސިނާއަތުގެ އެންމެހާ މަސައްކަތްތެރިންނަށް ހާއްސަ ޝުކުރެއް ދަންނަވާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ ރާއްޖޭގައި މަސަައްކަތްތެރިން ދެމުންދާ ހިދުމަތްތައްކަމަށާއި ސިނާއަތުގެ މަސައްކަތްތެރިންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް މެދު ކެނޑުމެއް ނެތި މަސައްކަތްކުރަމުންދާކަމަށް ހާމަކުރެއްވިއިރު ރައީސް ޑރ މުއިއްޒު ވެވަޑައިގެންފައިވާ ވައުދުތައް މި ފަސް އަހަރުގެ ތެރޭގައި ފުއްދާނެކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެމްއެމްޕީއާރްސީއަށްވަނީ ދާދި ފަހުން އައު އެމްޑީއަކު އައްޔަނުކޮށްފައިކަމަށެވެ. އެހެންކަމުން ވަރަށް އަވަހަށް ބޯޑު އެކުލަވާލެވިގެންދާނެކަމަށް ހިއްސާކުރެއްވިއިރު މިހާރުވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އިތުރަށް ހަރުދަނާކުރުމަށްޓަކައި މަޝްވަރާތައް ކުރައްވަމުން ގެންދަވާކަމަށްވެސް މައުލޫމާތު ދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: