ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރު އިހުސާނާ ފުލުހުން ހާޒިރުކުރި ކޮމިޓީ ބައްދަލުވުން ސިއްރު

241 ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މިއަދު ފުލުހުންނާއި ހޯމް މިނިސްޓަރު އަލީ އިހުސާން ހާޒިރު ކޮށްގެން ކުރިއަށް ގެންދިޔަ ކޮމިޓީ ބައްދަލުވުން ސިއްރު ކޮށްފިއެވެ.

މިއަދު ހެނދުނު 09:30 އަށް އެޖެންޑާކުރި މި ބައްދަލުވުން ފައްޓަވަމުން ކޮމީގެ މުގައްރިރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ މިއަދުގެ ކޮމިޓީގައި ސިއްރު މައުލޫމާތުތަކެއް ދިނުމަށް މިނިސްޓަރު އިހުސާން ނިންމަވައި، އެކަން ހިއްސާކުރައްވާފައިވާ ކަމަށެވެ.

ސަލީމް ވިދާޅޫޥި އެކަންކަން ހިއްސާކުރުމަށް ޕްރެޒެންޓޭޝަނެއް މިއަދުގެ ބައްދަލުވުމުގައި ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ދުވަހު ވެސް އެއްބަސްވެފައި ވަނީ އެ މައުލޫމާތު ހިއްސާކުރާ ދުވަހު، ކޮމިޓީ ބައްދަލުވުން ސިއްރު ކުރުމަށް ކަމަށެވެ.

އެއާއެކު ކޮމިޓީ ސިއްރުކުރަން ކެލާ ދާއިރާގެ މެންބަރު އަބްދުالله ޝަރީފް ހުށަހެޅުއްވިއެވެ. މެންބަރުގެ އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. އެއަށްފަހު ނެގި ވޯޓު ފާސްކުރީ ހާޒިރުވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ބައްދަލުވުމުގެ އެޖެންޑާގައި ވަކި ކަމެއް ފާހަގަކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި އޮތީ ކޮމިޓީގެ މެންޑޭޓުގައި ހިމެނޭ ހޯމަ މިނިސްޓްރީއާ ފުލުހުންނާ ބައްދަލުކުރުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: