އެއް އަހަރުގެ ތެރޭގައި އެމްއޭސީއެލް ޕޭޕަރލެސް ކުންފުންޏަކަށް ހަދާނެ ކަމަށް އެމްއޭސީއެލްގެ މެނޭގިންޖ ޑިރެކްޓަރ އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
އެމްއޭސީއެލް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ ގައުމުގެ އިގްތިސާދަށް ދިމާވެފައިވާ ދަތިތަކާއި ގުޅިގެން ރައީސް މުހައްމަދު މުއިއްޒު ސަރުކާރުގެ ފަރާތުން ހަރަދު ކުޑަ ކުރުމުގެ ސިޔާސަތުތަކެއް އެކަށައަޅާފައިވާ ކަމަށެވެ. މި ސިޔާސަތުގެ ދަށުން އެމްއޭސީއެލް ފދަ ބޮޑެތި ކުންފުނިތައް އެ ސިޔާސަތައް ފޮލޯ ކުރުމަކީ މުހިންމު ކަމެއްކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެމްއޭސީއެލް އަކީ 4000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ ވަރަށް ތަފާތު ޑައިވާސް މަސައްކަތްތަކެއް ކުރާ ކުންފުންޏެއް ކަމަށެވެ. އެހެންކަމުން މި ފަދަ ކުންފުނިތަކުން ހަރަދު ކުޑަ ކުރުމަކީ ރައީސް އެޅުއްވި ފިޔަވަޅު ކާމިޔާބު ވުމަށް ވަރަށް މުހިންމު ކަމެއް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މައިގަނޑު ދިހަ ދާއިރާ ހަރަދު ކުޑަ ކުރުމަށް ކަނޑައަޅާފައިވާ ކަމަށެވެ. އޭގެތެރޭގައި:
- ތެޔޮ ހަރަދު
- ކޮންސިއުމަބަލްސްއަށް ކުރާ ހަރަދު
- ފެން އަދި ކަރަންޓަށް ކުރާ ހަރަދު
- ދަތުރު ފަތުރު ކުރުމަށް ކުރާ ހަރަދު
- ކުންފުނީގެ އެތެރޭގެ މަސައްކަތްތަކަށް ދާ ހަރަދު
- ބޭންކް ޗާޖަސް ރިޑިއުސް ކުރުމަށް ކުރާ ހަރަދު
- ކޮމިއުނިކޭޝަންއަށް ކުރާ ހަރަދު
- އެތެރޭގެ އިންވެންޓްރީގެ ހަރަދު
- ކުންފުނީގެ އިވެންޓުތައް ބާއްވަން ކުރާ ހަރަދު
ޝަރީފް ވިދާޅުވީ އެމްއޭސީއެލް އަކީ މާލެ ސަރަހައްދުގައި ކަރަންޓު ކޮންސަމްޕްޝަން އެންމެ މަތީ އެއް ކުންފުނި ކަމަށެވެ. ކުންފުނިން 24 ގަޑިއިރު ހިންގަންޖެހޭ ތަފާތު މެޝިނަރީ ތަކާއި އެއާ ކަންޑިޝަން ފަދަ ކަންކަމަށް ފުދޭ ވަރެއްގެ ހޭދައެއް ކުރާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މިހާރު ކުންފުނީގައި ހުރި ޖެންސެޓް ތަކަކީ އޭގެ އެންމެ ޕްރައިމް ކޮންޑިޝަންގައި ހުރި ޖެންސެޓް ތަޖެއް ނޫން ކަމަށާއި އެހެންކަމުން ޑީސަލްގެ ހަރަދުވެސް ފުދޭވަރަކަށް ބޮޑު ވެގެންދާކަމަށް ޝަރީފް ވިދާޅުވިއެވެ. ކުންފުނީގައި މިހާރު ޕަވަރ އަޕްގްރޭޑިން ޕްރޮޖެކްޓެއް ކުރިއަށްދާ ކަމަށާއި އެ މަސައްކަތް އަވަސް ކޮށް 15 ދުވަސް ތެރޭގައި ނިންމާ އާ ޖެނެރޭޝަން ސެޓްތައް ބޭނުން ކުރާނެ ކަމަށާއި އެކަމުގެ ސަބަބުން ކަރަަންޓު އެފެއްދުމަށް ހޭދަ ކުރާ ތެލުގެ މިންވަރު 20 ޕަސަންޓު ދަށްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ކުންފުނިން ޕްރޮންޓިންއަށް ކުރާ ހަރަދާއި އަދި މުޅިއެކު ކަރުދާހަށް ކުރާ ހަރަދު އެހެން ކުންފުނިތަކަށް އަޅާ ބަލާއިރު ބޮޑު ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ޕޭޕަރ ލެސް ކުންފުންޏަޔަށް އެމްއޭސީއެލް ވާން އަމާޒު ހިފާފައިވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެެން ކަމުން މިއަދުން ފެށިގެން އެމްއޭސީއެލްއަށް ޕްރިންޓަރ ނުގަންނާނެ ކަމަށާއި ދެން ކުންފުނިން މަސައްކަތް ކުރާނީ އަތުގައި ހުރިި ޕްރިންޓަރުން ކަމަށް އެމްޑީ ވިދާޅުވިއެވެ.

