މިދިޔަ އަހަރުގެ ފަހު ކުއާޓާރ އާއި އަޅާ ބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓާރގައި އިގްތިސާދީ ދުވެލި 8.8 އިންސައްތައިން ކުރިއަރާފައިވާކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިސްގެ ހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިސް އިން ހިއްސާކޮށްފައިވާ މައުލޫމާތުތަކުގައިވާގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓާރގައި ޖީޑީޕީއަކީ 27,363 މިލިއަން
ރުފިޔާކަމަށް އަންދާޒާކޮށްފައިވާނެކަމަށެވެ. އަދި މިއީ 2023 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރއަށް ވުރެން 2,444 މިލިއަން ރުފިޔާ އިތުރު އަދަދެއްކަމަށާއި 2023 ވަނަ
އަހަރުގެ ފަހު ކުއަރޓަރއާ އަޅާބަލާއިރު 2,208 މިލިއަން ރުފިޔާ އިތުރު ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.
އެ ބިއުރޯއިން ބުނެފައިވާގޮތުން މިއަހަރުގެ ފުރަތަމަ ކުއަރޓާރގެ ޖ.ީޑ.ީޕީން ދައްކުވާދޭ ގޮތުގައި އެކުއަރޓަރގެ އިޤްތިޞާދީ ދުވެލި ވަނީ 8.8 އިންސައްތައިން ކުރިއަރާފައިކަމަޡށެވެ. އަދި އެއީ 2023 ވަނަ އަހަރުގެ ފަހު ކުއާޓާރ އާއި އަޅާ ބަލާއިރުކަމަށް މައުލޫމާތު ދީފައިވާއިރު 2023 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރ އަޅާ ބަލާއިރު މި އަހަރުގެ ފުރަތަމަ ކުއަރޓަރގެ އިޤްތިޞާދީ ދުވެލި ވަނީ 9.8 އިންސައްތައިން ކުރިއަރާފައިކަމަށްވެސް ބުނެފައިވެއެވެ.
މި ކުރިއެރުން ލިބުމުގައި އެންމެ އިސް ދައުރެއް އޮތީ ފަތުރުވެރިކަމުގެ ދާއިރާގައިކަމަށް ބުނެފައިވާއިރު އެ ދާއިރާ 2.3 އިންސައްތައިން ކުރިއެރިކަމުގެ އިތުރުން ދަތުރުފަތުރާއި ޕޯސްޓުގެ އިތުރުން މުއާސަލާތީ ހިދުމަތްތަކުން 2.1 އިންސައްތައިގެ ކުރިއެރުމެއް އައިސްފައިވާކަމަށް ބުނެފައިވެއެވެ.

