ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޑް ތައާރަފުވުމާއެކު ސީމަނުންނަށް ކުރިމަތިވަމުން އައި އުނދަގޫތަކަށް ހައްލު ލިބޭނެ: މިނިސްޓަރު

ސީފެއަރަރސް އައިޑެންޓިޓީ ޑޮކިއުމެންޓް "ސިޑް" ދިވެހި ރާއްޖޭގައި ތަޢާރަފުކުރުން - ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސީމަނުންގެ އަތުގައި އޮތުން މަޖުބޫރު ޑޮކިއުމަންޓް، ސީ ފެއަރަރސް އައިޑެންޓިޓީ ޑޮކިއުމަންޓް (ސިޑް) ތައާރަފުކުރެވިގެން ދިޔުމާއެކު ސީމަނުންނަށް ވަމުން އައި ދަތިތަކާ އުނދަގޫތަކަށް ހައްލު ލިބިގެންދާނެ ކަމަށާ އެ ޑޮކިއުމަންޓް ތައާރަފު ކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ފުރިހަމަ އެއްބާރުލުމުގެ ސަބަބުން ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ ސީމަނުންގެ ދުވަސް ފާހަގަކުރުމަށް ހޯމަ ދުވަހު ބޭއްވި ހަރަކާތުގައި ސިޑް ތައާރަފު ކޮށްފައިވާއިރު އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސިޑްގެ ކަންތައް ހަމަނުޖެހިގެން އުޅޭތާ ވަރަށް ގިނަ ދުވަސް ވެއްޖެކަމަށެވެ. އެގޮތުން މިއީ 2016 ވަނަ އަހަރުން ފެށިގެން ދިވެހި ސީމަނުންގެ އަތުގައި އޮތުން މަޖުބޫރު ޑޮކިއުމަންޓެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ އެކަން ރައީސް ޑރ. މުއިއްޒު ވެސް ފާހަގަކުރައްވާ އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދިވަޑައިގެންނެވި ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ އޭގެ ސަބަބުން 2023 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ސީމަނުންނަށް އެކިއެކި އުނދަގޫތަކާ ވަނީ ކުރިމަތިވެފައި ވާ ކަމަށެވެ. ނަމަވެސް މީގެ ފަހުން އެކަމަށް ހައްލު ލިބޭނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ސަރުކާރާ ހަވާލުވުމަށްފަހު ރައީސް އެންގެވި ވަރަށް ގިނަ ވަގުތު ހޭދަކުރައްވާ ވާހަަކަ ދައްކަވާފަ ވިދާޅުވި ސީމަނުންގެ އެސްއައިޑީގެ މައްސަލަ އޮތީ ހައްލު ނުވެއޭ. އަށް ވަރަކަށް އަހަރު ފާއިތުވަނީ އޭ. މިކަމަށް ވަރަށް އަވަހަށް ހައްލެއް ހޯދަން އެބަޖެހެއޭ.

މިނިސްޓަރު ވިދާޅުވީ އެކަން ހައްލު ކުރެވޭނެ ގޮތަކީ ކޮބައިތޯ ބެލުމަށް ވެސް ރައީސް އެދިވަޑައިގެން ކަމަށެވެ. މިނިސްޓްރީއާ ކަމާ ގުޅުން ހުރި ފަރާތްތައް ގުޅިގެން އެ ކަން ވަރަށް ރަނގަޅަށް ބެލި ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ. އަދި ކުރި ދިރާސާތަކުން ހާމަވެގެން ދިޔައީ ސީރިއަސްކަމާއެކު އެކަން ހާސިލުކުރަން ބޭނުންވާ ނަމަ އެއީ މާ އުނދަގޫ ކަމެއް ނޫން ކަމަށެވެ. މީގެ ކުރިން އެކިފަހަރުމަތިން ދައުލަތުން އެކަމަށް ބޮޑެތި ހޭދަތަކެއް ކޮށްފައިވީ ނަމަވެސް އެއީ މާ ބޮޑު ޚަރަދެއް ހިނގާ ކަމެއް ނޫން ކަމަށް އަމީން ވިދާޅުވިއެވެ.

ސިޑް އަކީ އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ މުޢާހަދައެއް ކަމަށްވާ ދަ ސީފެއަރަރސް އައިޑެންޓިޓީ ޑޮކްއުމެންޓްސް ކޮންވެންޝަންއަށް 2003 ވަނަ އަހަރު ގެނެވުނު ބަދަލާ އެއްގޮތަށް އާގުބޯޓުފަހަރުގައި މަސައްކަތް ކުރާ މަސައްކަތްތެރިންގެ އަތުގައި އޮތުން މަޖުބޫރު ލިޔުމެކެވެ. މި ލިޔުމަކީ ކާޑެއްގޮ ގޮތުގައި އޮންނަ ޑޮކިއުމަންޓެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: