ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ މީހުންގެ އަދަދު ހާމަކުރަން ލާޒިމްކުރަން ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ ބޭރު ކޮށްލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ މަގާމުތަކަށް އައްޔަނުކޮށްފައިވާ މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހޭދަކުރަމުންދާ އަދަދު ހާމަކުރުމަށް އިންކާރު ކުރަމުންދާތީ އެ މައުލޫމާލު ހާމަކުރުމަށް ސަރުކާރަށް ލާޒިމްކުރުމަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނީ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ ބާރުގެ ދަށުން އެކިއެކި މަގާމުތަކަށް އައްޔަނުކޮށްފައިވާ މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހޭދަކުރަމުންދާ އަދަދު ހާމަކުރުމަށް އިންކާރު ކުރަމުންދާ ކަމަށެވެ.

މައްސަލައިގައި ބުނީ ރައީސްގެ މަގާމުގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންވާ މަގާމުތަކަށް މީހުން އައްޔަނުކުރުމަށް ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޅ)ން ރައީސަށް ދީފައިވާ އިހުތިޔާރުގެ ބޭނުންހިފައި، ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް އަދި އެއްވެސް ހައްދެއްނެތި ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކުރަމުން ދާ ކަމަށެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް އަދި އެއްވެސްް ހައްދެއްނެތި ވަޒީފާއަށް މީހުން ވައްދާފައިވުމުގެ ސަބަބުން މުސާރައިގެ ގޮތުގައި އެ ކުންފުނިތަކުން ހޭދަކުރަންޖެހޭ އަދަދު ބޮޑުވެ، އެ ކުންފުނިތަކުގެ ހިންގުމަށް ދަތިވާ ހާލަތަށް ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެމުންދާ ކަމަށެވެ.

މެންބަރު ވިދާޅުވީ ސިޔާސީ މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކޮށްފައިވާ މީހުންގެ ރަސްމީ އަދަދު ސާފުކޮށްދިނުމަށްރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފިނޭންސް މިނިސްޓަރުގެ އަރިހުން އެދުމުން ވެސް އެ މައުލޫމާތު އެ ކޮމިޓީއަށް ވެސް ފޯރުކޮށް ދީފައި ނުވާ ކަމަށެވެ.

މި ކަމަކީ ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ (ށ)ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށް، ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ޖަވާބުދާރީ ކުރުމުވުމަށް މަޖިލީހާ މަތިކޮށްފައިވާ ދުސްތޫރީ ވާޖިބް އަދާކުރުމަށް ހުރަސްއެޅޭ ކަމެއް ކަމަށް ވީ ހިނދު

އޭގެއިތުރުން، ނޫސްވެރިންނާ އާންމު ރައްޔިތުންގެ ތެރެއިން ބަޔަކު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް އެދި ހުށަހެޅި ނަމަވެސް، ސިޔާސީ މަގާމުތަކަށް އައްޔަނުކޮށްފައިވާ މީހުންގެ ރަސްމީ އަދަދާ ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހޭދަކުރަމުންދާ ޖުމްލަ އަދަދު ހާމަކުރުމަށް އިންކާރު ކުރަމުންދާ ކަމަށް ކުއްލި މައްސަލައިގައިވެއެވެ.

މިއަދުގެ ޖަލްސާގައި އެ މައްސަލަ ބޭރުކޮށްލާފައިވަނީ މައްސަލަ ބަލައިގަތުމަށް ފެނޭތޯ ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ ތެރެއިން 56 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ކުއްލި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: