ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމާސް އާއި އިސްރާއީލު ދެމެދު އަނެއްކާވެސް ސުލްހައަށް މަސައްކަތްކުރަނީ!

ހަމާސް ޖަމާއަތް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ބެލުމުގެ ދަށުން އިސްރާއީލާއި ދެމެދު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރުމަށް ތައްޔާރަށް ހުރިކަމުގެ އިޝާރާތްތަކެއް ހަމާސްއިން ދީފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން އެމެރިކާއިން ދަނީ ހަމާސް އަދި އިސްރާއީލުގެ ދެމެދު ސުލްހަ ގާއިމުކުރުމަށް މަސައްކަތްކުރަމުންނެވެ. އަދި މިހާރު ހަމާސްއިންވަނީ އެއްބަސްވުން ގާއިމުކުރުމަށް ތައްޔާރަށް ތިބިކަމުގެ އިޝާރާތެއް ދީފައިކަމަށްވާއިރު ބައެއް ޝަރުތުތައްވެސް ކޮށްފައިވާކަމަށް ބުނެފައިވއެވެ.

ރިޕޯޓުތަކުގައިވާގޮތުން ހާމަސް އަދި އިޖިޕްޓުގެ އޮފިޝަލުންވަނީ އެ ޖަމާއަތުން ބޭނުންވަނީ އިސްރާއީލުން ކުރީބައިގައި ހަނގުރާމަ ނިންމާލުމަށް އެއްބަސްވުމެވެ. އަދި މިއީ މީގެ ކުރިން ހަމާސްއިން އަމަލުކުރަމުން އައިސްފައިވާ ގޮތާއި ދުރަށް ޖެހުން ކަމަށް ފެނިގެންދާއިރު މިކަމުގެ ސަބަބުން އިތުރު މަޝްވަރާތަކަށް މަގުފަހިވެ ވޭތުވެދިޔަ 9 މަހުގެ ހަމަނުޖެހުންތައް ނިމުމަކަށް އައުމުގެ ފުރުސަތުވެސް އިތުރުވެގެންދާ ކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް މި އެއްބަސްވުން ގާއިމުކުރެވިގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން އެއްވެސް ފަރާތަކުން ދީފައިނުވެއެވެ.

ޣައްޒާއިން މައުލޫމާތު ދޭގޮތުން އިސްރާއީލުންވަނީ ދާދި ފަހުންވެސް އާންމުން ރައްކައުތެރިކަން ހޯދުމުގެ ގޮތުން ބޭނުން ކުރަމުންދިޔަ ސުކޫލު އިމާރާތަކަށް ހަމަލާ ދީފައެވެ. އަދި 16 މީހުން އެ ހަމަލާގައި ނިޔާވެފައިވާއިރު 50 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާކަމަށްވެސް ބުނެފައިވެއެވެ. ނިޔާވި މީހުންގެ ތެރޭގައި ތުއްތު ކުދިންވެސް ހިމެނޭކަމަށް ވާއިރު އިސްރާއީލުންވަނީ އެ ގައުމުން އެ ސަރަހައްދުގައި ހަމަލާ ދިނިީ ޓެރަރިސްޓުންނަށް ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: