ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމާސް ޖަމާއަތުގެ ލީޑަރު ހަނިއްޔާގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއީލް ހަނިއްޔާގެ މައްޗަށް ރާއްޖޭގައި ޣަައިބަށް ކަށުނަމާދު ކޮށްފިއެވެ.

ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ޗީފް އިސްމާއިލް ހަނިއްޔާ އީރާނުގައި ހުންނަވަނިކޮށް އަވަހާރަކޮށްލާފައިވަނީ އީރާންގެ އާ ރައީސް މަގާމާ ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތަށް ވަޑައިގެން އުޅުއްވަނިކޮށް ބުދަ ހެނދުނުގެ ވަގުތެއްގައި، އޭނާ ހުންނެވި ގެއަށް ދިން ހަމަލާއެއްގައެވެ. ހަނިއްޔާ އަވަހާރަކޮށްލުމަކީ އިޒްރޭލުގެ އަމަލެއް ކަމަށާއި އެކަމުގެ ބަދަލުހިފާނެ ކަމަށް ހަމާސް އާއި އީރާނުން ދަނީ ބުނަމުންނެވެ.

ހަނިއްޔާގެ މައްޗަށް ރާއްޖޭގެ ހުރިހާ މިސްކިތެއްގައި މިއަދުގެ ހުކުރު ނަމާދަށްފަހު ވަނީ ޣައިބަށް ކަށުނަމާދު ކޮށްފައެވެ. ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ޤައުމުތަކުގައި ވެސް ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށުނަމާދުކޮށްފައިވެއެވެ.

ހަނިއްޔާ އަވަހާރަކޮށްލި މައްސަލަަ ދިވެހި ސަރުކާރުން ވަނީ ހަރުކަށި އިބާރާތުން ކޮށްވެރިކޮށްފައެވެ. އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ޗީފް އިސްމާއިލް ހަނިއްޔާ އީރާނުގައި ހުންނަވަނިކޮށް ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އަވަހާރަކޮށްލި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކުރާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ގާނޫނާއި ބައިނަލްއަގުވާމީ އިންސާނީ ގާނޫނު ދަމަހައްޓައި، ޣައްޒާގެ ދަތިކަމަށް އަވަސް އަދި ދެމިއޮންނަ ހައްލެއް ހޯދައި، އެ ސަރަހައްދުގައި ސުލްހައާއި ހަމަޖެހުން ކަށަވަރުކުރުމަށް ހުރިހާ ގައުމުތަކަށް ދިވެހި ސަރުކާރުން ގޮވާލާ ކަމަށްވެސް ވަނީ ބުނެފައެވެ.

ހަނިއްޔާ ވަނީ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގައި އިސް ދައުރެއް އަދާކުރައްވާފައެވެ. އެގޮތުން މިސްރާއި އެމެރިކާއާ އެކު މަސްތަކެއް ވަންދެން ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ގަތަރާ އެކު މަސައްކަތް ވެސް އޭނާ ވަނީ ކުރައްވާފައެވެ. ހަނިއްޔާ ޝަހީދު ކޮށްލުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިތާމަ ފާޅުކުރަމުންދާއިރު އެ ހިތާމައިގައި ބައިވެރިވުމަށް އެތަކެއް ސަތޭކަ ހާސް ބަޔަކު ވަނީ ތަހްރާންގެ މަގުތަކަށް ނިކުމެފައެވެ. 

އީރާނުގެ ތަހްރާން ޔުނިވަރިސިޓީގައި ހަނިއްޔާގެ ޖަނާޒާ ބާއްވައިފައިވާއިރު އެ ކަށު ނަމާދުގައި އެތައްހާސް ބަޔަކު ބައިވެރިވެފައިވެއެވެ. ހަނިއްޔާގެ ކަށު ނަމާދު އިމާމުވެ ކުރައްވާފައި ވަނީ އީރާނުގެ ރޫހީ އެންމެ މަތީ ވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަންޢީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: