ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޚަރަދު ކުޑަކުރުމަށް އާރްޑީސީން ވެސް ގިނަ ފިޔަވަޅުތަކެއް!

އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު - ފޮޓޯ: އާރްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލީ ގޮތުން ފައިދާވާ ކުންފުންޏަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ދަށުން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އެ ކުންފުނީގެ ޚަރަދު ކުޑަކުރަން ނިންމައިފިއެވެ.

ޖުމްލަ އަށް ކަމަކަށް ސަމާލުކަން ދިނުމަށް އެދި އާރްޑީސީގެ ޑީއެމްޑީ މުހައްމަދު ނަބީހް އަފީފް ސޮއިކުރައްވާ ކުންފުނީގެ މުވައްޒަފުންގެ ފޮނުވި މެމޯގައި ބުނީ ކުންފުނީގެ ޚަރަދު ކުޑަކުރުމަށް މެނޭޖްމަންޓުން ނިންމާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމަށް ހުރިހާ މުވައްޒަފުންގެ އެއްބާރުލުމާ އެހީތެރިކަން ދިނުމަށް އެދޭ ކަމަށެވެ. އެގޮތުން މިވަގުތައް ކޮންމެހެން ކުރަންޖެހޭ މަރާމާތުތައް ފިޔަވައި އިތުރު އެއްވެސް މަރާމާތެއް ނުކުރުމަށް އެދިފައިވެއެވެ.

އޭގެ އިތުރުން އެ އޮފީހުގެ ބަޖެޓުން ޚަރަދު ކޮށްގެން ކުރަންޖެހޭ ދަތުރުތަކުގެ ތެރެއިން ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ވެސް އެދިފައިވެއެވެ. އަދި އެފަދަ ދަތުރެއް ކުރަން ޖެހޭނަމަ ވީހާ ވެސް ޚަރަދު ކުޑަގޮތަކަށް ދަތުރުގެ އިންތިޒާމު ހަމަޖެއްސުމަށް އާރްޑީސީން ވަނީ އެދިފައެވެ.

އެ ކުންފުނިން ވަނީ ފޯނާ، އިންޓަރނެޓާ، ފެނާ ކަރަންޓް އަދި އެނޫން ވެސް އޮފީސް ހިންގުމުގެ ޚަރަދުތައް ކުޑަކޮށް ހިންގުމާއެކު އޮފީހުގައި ކަރަންޓް ބޭނުންކުރާ މެޝިނަރީއާ އިކުއިޕްމަންޓް އަދި އެހެނިހެން އާލާތްތައް ވެސް ބޭނުން ނުކުރާ ވަގުތުތަކުގައި ނިއްވާލުމަށް ވެސް އަންގާފައެވެ.

އާރްޑީސީގެ މެމޯގައި ބުނީ އޮފީހުގެތެރޭގައި ކުރަންޖެހޭ މުއާމަލާތްތަކުގައި ވީހާވެސް މަދުން ކަރުދާސް ބޭނުން ކުރުމަށް އެދޭ ކަމަށާ އޮފީހުގެ ފަރާތުން ކޮންމެހެން ބާއްވަންޖެހޭ ހަފްލާތައް ފިޔަވާ އިތުރު ހަފްލާއެއް ނުބޭއްވުމުގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރަން ނުޖެހޭ ގޮތަށް މަސައްކަތްތައް ރާވައިގެން ކުރިއަށް ގެންދިއުމަށް އެދޭކަމަށެވެ.

އޭގެ އިތުރުން އޮފީސް ރަސްމީކޮށް ބަންދުކުރުމަށް ކަނޑައެޅިފައިވާ ގަޑި، ރޭގަނޑު 10:00 ގެ ކުރިން މަސައްކަތް ނިންމާލުމާއެކު އޭގެ ފަހުން ކޮންމެހެން ނިންމަންޖެހޭ މަސައްކަތެއް ކުރަންޖެހިއްޖެ ނަމަ އެދުވަހުގެ ރަސްމީ ގަޑި ހަވީރު 04:00ގެ ކުރިން އެ ޑިޕާޓްމަންޓެއްގެ ސީނިއާ މެނޭޖަރ، އެޑިމިނިސްޓްރޭޝަން ޑިޕާޓްމަންޓްގެ ސީނިއާ މެނޭޖަރަށް މެއިލްކުރުމަށް ވެސް މުވައްޒަފުންނަށް އަންގާފައިވެއެވެ.

އާރްޑީސީން މި ފިޔަވަޅުތައް އަޅާފައިވާއިރު ދާދި ފަހުން މިހާރު ދިވެހިރާއްޖެއަށް ދިމާވެފައިވާ އިޤްތިޞާދީ ހާލަތުން އަރައިގަތުމަށް ސަރުކާރުން އިއުލާންކުރި ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކާއި އެއްގޮތަ އެމްއޭސީއެލް އިން ވެސް ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އިއުލާނުކޮށްފައިވެއެވެ.

ޖުމްލަ 10 ދާއިރާއަކުން ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށްވަނީ ނިންމާފައިވާއިރު އޭގެތެރޭގައި ތެލާއި ކަރަންޓަށް ކުރާ ޚަރަދު ކުޑަކުރުމަށް ނިންމާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: