ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދޭ ގޮތަށް ހަމަޖައްސައިފި

އާސަންދައިގެ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒެއް ---- ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

އުމުރުން 19 އަހަރާއި 39 އަހަރާއި ދެމެދުގެ ދިވެހިންނަށް އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

އާސަންދައިން ބުނީ، ސަރުކާރުގެ ހަފުތާ 14 މަގުޗާޓުގައި ހިމެނިފައިވާ, ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު 2 ފަހަރު މެޑިކަލް ޗެކަޕް ހެދުމަށް ތަންފީޒުކުރަން ފަށާފައިވާ ސިޔާސަތާ އެއްގޮތަށް, މިމަހުގެ އެއްވަނަ ދުވަހުން ފެށީގެން 19 އަހަރާއި 39 އަހަރާއި ދެމެދުގެ އުމުރުފުރާތަކަށް ސަރުކާރުގެ ހޮސްޕިޓަލްތަކުން މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

އުމުރުން 19 އަހަރާއި 39 އަހަރާއި ދެމެދުގެ އުމުރުފުރާގެ ރައްޔިތުންނަށް މެޑިކަލް ޗެކަޕް ހެދޭ ގޮތަށް ހަމަޖައްސާފައިވާއިރު، ސަރުކާރުން ވަނީ މީގެ ކުރިން މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު ވަނީ 50 އަހަރުން މަތީގެ އުމުރުފުރާ އަދި އޭޕްރިލް 1 ވަނަ ދުވަހު ވަނީ 18 އަހަރުގެ ދަށުގެ އުމުރުފުރާއާއި 40 އަހަރުން މަތީގެ އުމުރުފުރާތަކަށް އާސަންދަ ސްކީމުގެ ދަށުން މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު ހަމަޖައްސާފައެވެ.

އާސަންދައިން މިމަހުގެ އެއްވަނަ ދުވަހު ނިންމި ނިންމުމާއިއެކީ، މިހާރު ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް އާސަންދަ މެދުވެރިކޮށް މެޑިކަލް ޗެކަޕް ހެދިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: