ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާސަންދައަށް އޭއައި ޗެޓްބޮޓެއް ހަދައިދޭނެ ފަރާތެއް ހޯދަނީ!

އާސަންދަ ކުންފުނި
ޝެއާރކޮށްލާ ކަހަލަދޯ؟

އާސަންދަ ކޮމްޕެނީ ލިމިޓެޑުގެ ބޭނުމަށް އޭއައި ޗެޓްބޮޓެއް ހަދައިދޭނެ ފަރާތެއް ހޯދަން އެ ކުންފުނިން އިއުލާންކޮށްފިއެވެ.

އާސަންދަ ކޮމްޕެނީ ލިމިޓެޑްގެ ވެބްސައިޓާއި ”މައި އާސަންދަ“ ޕޯޓަލް މެދުވެރިކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކޮށް، މަޢުލޫމާތަށް ފަސޭހައިން ވާސިލްވެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން މަސައްކަތްކުރާ ޗެޓްބޮޓް ސޮލިއުޝަނެއް ހޯދުމަށް އެ ކުންފުނިން ވަނީ އިއުލާނުކޮށްފައެވެ.

މި ޗެޓްބޮޓަކީ ކަސްޓަމަރުން ކުރާ ސުވާލުތަކަށް އޮޓޮމެޓިކުން ޖަވާބުދޭ، ދިވެހި އަދި އިނގިރޭސި ބަހުން މުޢާމަލާތްކުރެވޭ، އަދި 24 ގަޑިއިރު މެދުނުކެނޑި ޚިދުމަތް ލިބޭނެ ނިޒާމަކަށް ވާންޖެހޭނެކަމަށް އާސަންދައިން ބުނެއެވެ. އަދި ޚާއްސަ ގޮތެއްގައި ތާނަ އަކުރުންނާއި އިނގިރޭސި އަކުރުން ލިޔާ ދިވެހި ބަސް (ލެޓިން ދިވެހި) ދެނެގަތުމުގެ ގާބިލުކަން ހުރުމާއި ލިޔާ ބަސް އޮޓޮމެޓިކުން ދެނެގަނެ، އެ ބަހަކުން ޖަވާބުދިނުން ހިމެނެއެވެ.

މީގެ އިތުރުން، އާސަންދައިގެ ”ނޮލެޖް ބޭސް“ އާއި، އާންމުކޮށް ކުރާ ސުވާލުތަކާއި ވެބްސައިޓުގައިވާ މަޢުލޫމާތު ބޭނުންކޮށްގެން ސައްހަ ޖަވާބު ފޯރުކޮށްދިނުމުގެ ގާބިލުކަން މި ނިޒާމުގައި ހުންނަންވާނެކަމަށް އެކުންފުނިން ބުނެއެވެ.

މީގެ މައިގަނޑު މަޤްސަދެއްގެ ގޮތުގައި އާސަންދަ ވެބްސައިޓާއި މައި އާސަންދަ ޕޯޓަލް މެދުވެރިކޮށް ކަސްޓަމަރުންގެ ސުވާލުތަކަށް އޮޓޮމެޓިކުން ޖަވާބު ދިނުން ހިމެނެއެވެ. މީގެ ސަބަބުން އާންމުކޮށް އަންނަ ސުވާލުތަކަށް އޮޓަމެޓިކުން ޖަވާބުދެވި، ކަސްޓަމާ ސާވިސް މުވައްޒަފުންގެ މަސައްކަތް ލުއިވެގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

މީގެ އެހީގައި އާންމުން އެންމެ ގިނައިން ކުރާ ސުވާލުތަކާއި މައުލޫމާތު މަދުވާ ދާއިރާތައް ދެނެގަނެވި، ކުންފުނިން އާންމުކުރާ މައުލޫމާތުތައް މެދުކެނޑުމެއްނެތި އަޕްޑޭޓް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އާސަންދައިން ބުނެފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: