އާސަންދަ ކުންފުންޏަށް ސައިބަ ސެކިއުރިޓީގެ ހިދުމަތް ފޯރުކޮށްދޭނެ ބަޔަކު ހޯދަން އެ ކުންފުނިން އިއުލާންކޮށްފިއެވެ.
އެ ކުންފުނިން ބޭނުންވަނީ އެ ކުންފުނީގެ ބޭނުމަށް ސައިބަ ސެކިއުރިޓީ އެސެސްމަންޓެއް ހެދުމާއި، ސެކިއުރިޓީ އިވެންޓް މޮނިޓަރިން އަދި އެޑްވައިޒަރީ ހިދުމަތްތައް ފޯރުކޮށްދޭނެ ފަރާތެއް ކަމަށް އެ ކުންފުނިން ކޮށްފައިވާ އިއުލާނުގައިވެއެވެ.
އެ މަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި މަހުގެ 13 ވަނަ ދުވަހުގެ 15:00 ގެ ކުރިން ރެޖިސްޓްރީ ކުރުމަށް އާސަންދައިން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި މި މަހުގެ 20 ވަނަ ދުވަހު ހެނދުނު 11 ޖަހާއިރު ވެބް މީޓިންއެއް މެދުވެރިކޮށް އަންދާޒީ ހިސާބު ހުށަހެޅުން އޮންނާނެ ކަމަށްވެސް އިއުލާނުގައިވެއެވެ.
އަދި ކަނޑައެޅިފައިވާ ސުންގަޑިއަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ވެބް މީޓިންގައި ބައިވެރިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަންނާނެ ކަމަށް ވެސް އެ ކުންފުނިން ނެރުނު އިއުލާނުގައިވެއެވެ.

