ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެވަނަ ކުއާޓާރުގައި އާސަންދައިގެ ދަށުން ބްލޮކް ކުރެވުނު ޖުމުލަ ހަރަދު އިތުރު: އާސަންދަ

ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ދެވަނަ ކުއާޓާރގައި އާސަންދައިގެ ދަށުން ބްލޮކް ކުރެވުނު ޖުމުލަ ހަރަދު ނިމިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު އިތުރުވެފައިވާކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

އާސަންދައިން ހިއްސާކޮށްފައިވާ ތަފާސް ހިސާބުތަކުގައިވާގޮތުން މި ހިނގާ 2024 ވަނަ އަހަރުގެ އެޕްރީލު 1 ވަނަ ދުވަހުން ފެށިގެން ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް އާސަންދަ ސްކީމްގެ ދަށުން ބްލޮކްކުރެވިފައިވާ ޖުމުލަ ޚަރަދަކީ 823 މިލިއަން ދިވެހި ރުފިޔާއެވެ. އަދި މި އަދަދަކީ ފާއިތުވީ 2023 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %11.5 އިތުރު އަދަދެއްކަމަށް މައުލޫޟާތު ދީފައިވާއިރު، ނިމިދިޔަ އަހަރު މި މުއްދަތުގައި ހޭދަކޮށްފައިވަނީ 738 މިލިއަންކަމަށްވެސް ބުނެފައިވެއެވެ.

އެ ކުންފުނިން ބުނެފައިވާގޮތުން މި އަހަރުގެ ދެވަނަ ކުއާޓަރގައި އާސަންދަ ސްކީމުގެ ދަށުން ޚިދުމަތް ހޯދި މީހުންގެ ޢަދަދުވެސް ވަނީ ފާއިތުވީ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު އިތުރުވެފައެވެ. އެގޮތުން ނިމިދިޔަ އަހަރު މި މުއްދަތުގައި ހިދުމަތް ލިބިގަނެފައިވަނީ ޖުމުލަ 260،725 މީހަކުކަމަަށް ދައްކާއިރު މި އަހަރު މި އަހަރު ހިދުމަތް ހޯދި މީހުންގެ ޖުމުލަ 265،059 އަށް އަރާކަމަށް ހާމަކޮށްފައިވެއެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރގައި އާސަންދަ ސްކީމްގެ ދަށުން 1،232 ފަހަރަށް ބަލިމީހުން އިމަޖަންސީ ހާލަތުގައި އެއް ރަށުން އަނެއް ރަށަށް ގެންދެވިފައިވާކަމަށްވެސް އާސަންދައިން ބުނެފައިވެއެވެ. އަދި ޖުމުލަ 2،807 ބަލިމީހުން ވަނީ، ސްކީމްގެ ދަށުން، ރާއްޖެއިން ބޭރުންވެސް ފަރުވާ ހޯދާފައިކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: