ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާއިތުވި ހަފުތާގައި ފާނަބަސަންދު ޖެހުނު މީހުންގެ އަދަދު އިތުރު!

އައިޖީއެމް ހޮސްޕިޓަލް ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ފާނަބަސަންދު ޖެހިގެން ރިޕޯޓު ކުރި މީހުންގެ އަދަދު އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު މިދިޔަ ހަފްތާގައި އިތުރުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ފާނަބަސަންދު ޖެހިގެން މިދިޔަ ހަފްތާގައި 107 ރިޕޯޓު ކުރިއިރު އޭގެ ކުރީ ހަފްތާގައި 94 މީހަކަށް ފާނަބަސަންދު ޖެހިގެން ރިޕޯޓު ކޮށްފައިވެއެވެ. މިނިސްޓްރީން ބުނީ ފާނަބަސަންދު ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ޅ. އަދި އައްޑޫއިން ކަމަށެވެ.

ފާނަބަސަންދު އިތުރުވިއިރު ލޮލު ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވާ މީހުންގެ އަދަދު ވަނީ ކުރީ ހަފްތާއަށް ވުރެ ވޭތުވެ ދިޔަ ހަފްތާގައި ދަށަށް ގޮސްފައެވެ.

އެގޮތުން ލޮލު ރޯގާ ޖެހިގެން މިދިޔަ ހަފްތާގައި ރިޕޯޓު ކޮށްފައިވަނީ 337 ކޭސް އެވެ. އޭގެ ކުރީ ހަފްތާގައި ރިޕޯޓްކޮށްފައިވަނީ 407 ކޭސް އެވެ. ހެލްތު މިނިސްޓްރީއިން ބުނީ ލޮލުރޯގާ ޖެހިގެން އެންމެ ގިނައިން ރިޕޯޓު ކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ލ. އަތޮޅާއި ފުވައްމުލަކުން ކަމަށެވެ.

އޭގެ އިތުރުން ހޭންޑް ފުޓް އެންޑް މައުތު ޖެހިގެން ރިޕޯޓު ކޮށްފައިވާ އަދަދު ވަނީ ކުރީ ހަފްތާއަށްވުރެ ވޭތުވެ ދިޔަ ހަފްތާގައި އިތުވެފައެވެ. އޭގެ ކުރީ ހަފުތާގައި 11 ކޭސް ރިޕޯޓު ކުރިއިރު ފާއިތުވި ހަފުތާގައި ހޭންޑް ފުޓް އެންޑް މައުތު ޖެހިގެން 35 ކޭސް ރިޕޯޓު ކޮށްފައިވެއެވެ.

މި ބަލި އެންމެ ގިނައިން ރިޕޯޓު ކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން އދ. އަތޮޅުން ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ތަފާސްހިސާބުތައް މިނިސްޓްރީން އާންމު ކޮށްފައިވާއިރު އަޖީއެމްއެޗުން ވެސް ވަނީ ރޯގާގެ އެއްވެސް އަލާމާތެއް ހުރެއްޖެނަމަ، ހޮސްޕިޓަލަށް ދާއިރު މާސްކު އަޅައިގެން ދިއުމަށް އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: