ބިދޭސީން ހިންގަމުންދިޔަ 3 ކެފޭއެއް ބަންދުކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން މީޑިއާތަކާއި ހިއްސާކޮށްފައިވާގޮތުން ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމުގެ ގޮތުން އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންކަމަށެވެ. އެގޮތުން އެންމެ ފަހުން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މާލޭގައި ހިންގަމުންދާ ޓޭކް އަވޭ ކެފޭ ފަދަ ތަންތަން ބަލައި ހިންގަމުންދާ 4 ތަނަކުން ޖުމުލަ 7 ބިދޭސީއަކު އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ހާމަކޮށްފައިވެއެވެ.
އެ މުއައްސަސާއިން ބުނެފައިވާގޮތުން ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 6 ފިރިހެނުންނާއި 1 އަންހެން މީހަކު ކަމަށެވެ. އަދި 3 މީހަކު ހިންގަމުންދިޔަ ކެފޭ ބަންދުކޮށްފައިވާކަމަށްވެސް އިމިގްރޭޝަނުން މައުލޫމާތު ދީފައިވެއެވެ.
އެ މުއައްސަސާއިން ބުނެފައިވާގޮތުން އިމިގްރޭޝަންގެ ވެހިކަލް ގެއްލުން ދިން ބިދޭސީއެއްވެސް ހިފެހެއްޓިކަމަށާއި މި މީހުންނާއިމެދު އިމިގްރޭޝަން ގާނޫނުގެ ދަށޫން އެންމެ ހަރުކަށި ފިޔަވަޅު އެޅިގެންދާނެކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

