ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައްދޫގައި ޕާސްޕޯޓުގެ ހިދުމަތް ރަސްމީކޮށް ތައާރަފުކޮށްފި

ފޮޓޯ: އިމިގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ގައްދޫގައި ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރަސްމީކޮށް ތައާރަފުކޮށްފިއެވެ.

މުޅި ރާއްޖޭގައި ދިވެހި ޕާސްޕޯޓުގެ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު ގައްދޫގައި ރަސްމީކޮށް ޕާސްޕޯޓުގެ ހިދުމަތް ފަށާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތުދެއެވެ. މިއާއެކު ގދ. އަތޮޅުގެ 2 ރަށުން މިހާރު އެ އަތޮޅުގެ ރައްޔިތުންނަށް އެ ހިދުމަތް ލިބޭނެއެވެ.

ގދ. އަތޮޅުން ޕާސްޕޯޓު ނެގުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު ”އިމުގާ“ މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހަޅާއިރު ”ކަލެކްޝަން ޕޮއިންޓް“ގެ ގޮތުގައި ތިނަދޫ ސިޓީ އާއި ގައްދޫ ޚިޔާރުކުރެެވޭނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.

ގދ. ގައްދޫއިން ޕާސްޕޯޓުގެ ޚިދުމަތް ލިބެން ފެށުމަކީ އެ ރަށުގެ ރައްޔިތުންނާއި، އެ އަތޮޅުގެ އެހެނިހެން ރަށްރަށުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ. މީގެ ކުރިން ޕާސްޕޯޓު ހެއްދުމަށް ޓަކައި އަތޮޅުތަކުގެ ރައްޔިތުން ބޮޑު ހޭދައެއްކޮށް މާލެއަށް ދަތުރުކުރަން ޖެހުނު ނަމަވެސް، މި ޚިދުމަތާއެކު ރައްޔިތުން އުފުލަމުން ދިޔަ މާލީ ބުރައަށް ނިމުމެއް އަންނާނެއެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، މަރުކަޒީކޮށް ދެމުން ދިޔަ މުހިންމު ހިދުމަތްތައް ރަށްރަށުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ މުހިންމު އަމާޒެއް ކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން ކޮންމެ އަތޮޅަކުންވެސް މަދުވެގެން އެއް ރަށުގައި އެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ގާއިމުކޮށް ނިންމާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: