ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯޓެއްގައި ގަވާއިދާ ޚިލާފަށް އުޅުނު ނުވަ ބިދޭސީއަކަށް ނޯޓިސްދީ ކެޕްޓަނަށް ނަސޭހަތްދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅުދުފުއްޓަށް ދިއަ ބޯޓެއްގައި ދަރުކުރި ގަވާއިދާ ޚިލާފަށް އުޅޭ ނުވަ ބިދޭސީންނަށް ނޯޓިސް ދީ، އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މާލެ ދޫކޮށް ރާއްޖޭގެ އެކި ރަށްރަށަށް ދާކަމުގެ ރިޕޯޓު ލިބެމުންދިއުމާ ގުޅިގެން، އިއްޔެ ލިބުނު މަޢުލޫމާތަކާއެކު ކުޅުދުއްފުއްޓަށް ދިއަ ބޯޓެއްގައި ތިބި ބިދޭސީން ބަލައި ފާސްކޮށްފައިވާ ކަމަށެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލް، ޕޮލިސް އަދި އިމިގްރޭޝަން ގުޅިގެން ކަން އެ އިދާރާއިން ފާހަގަކުރެއެވެ.

އެގޮތުުން، މި ބޯޓުގައި ދަތުރުކުރި ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް ތިބި ނުވަ މީހުންނަށް ނޯޓިސްދީ އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައި ބޯޓުގެ ކެޕްޓަނަށް ލިޔުމުން ނަސޭހަތްދީފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ. އަދި އެންގުމާ އެއްގޮތަށް އަމަލު ނުކޮށްފިނަމަ އިމިގްރޭޝަން ޤާނޫނުގެ ދަށުން މިފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަން ވެސް ފާހަގަކޮށްފައިވެއެވެ. 

އިމިގްރޭޝަނުން އަންނަނީ މާލޭ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވަމުން އަންނަ ބިދޭސީން ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ. މި އޮޕަރޭޝަނުގެ ތެރެއިން އެކި ސަރަހައްދުތައް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި އަންނަނީ ފިޔަަވަޅު އަޅަމުންނެވެ. އެގޮތުން މިހާތަނަށް 3،000 އަށްވުރެ ގިނަ ބިދޭސީއިން ވަނީ ޑީޕޯޓުކޮށްލާފައެވެ.

މީގެ ތެރެއިން މިދިޔަ ބުދަ ދުވަހު ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަންގެ ތެރެއިން، ވިސާ ފުރިހަމަ ނޫން 273 މީހުން ފާހަގަ ކުރެވިފައިވާއިރު، މި އޮޕަރޭޝަންގައި އިމިގްރޭޝަންގެ 211 އޮފިސަރުން މަގުތަކަށް ނުކުމިއެވެ. މި އޮޕަރޭޝަންގައި 52 ގުރޫޕެއް ހަދައިގެން އޮފިސަރުން އެ ދުވަހު މަސައްކަތް ކޮށްފައިވެ އެވެ. އަދި މާލޭގެ 582 ތަނެއް ބަލައި ފާސްކޮށް، 1،025 ބިދޭސީންނާ ސުވާލުކޮށްފައިވެއެވެ.

މި އޮޕަރޭޝަންގައި ވިސާ ފުރިހަމަ ނޫން 273 ބިދޭސީއަކަށް ނޯޓިސް ދިންއިރު ބިދޭސީން ލައްވާ ގަވާއިދާ ހިލާފަށް މަސައްކަތްކުރުވި 120 ދިވެހިންނަށް ލިޔުމުން ނަސޭހަތް ދީފައިވެއެވެ. މި އޮޕަރޭޝާންގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭތީ ހައްޔަރު ކުރީ 10 ބިދޭސީއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: