ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަށި ނެތް ދުލަކުން ބޭނުންހާ އެއްޗެއް ގޮވުމުގެ ހައްގު ގާނޫނަކުން ލިބިގެން ނުވޭ: އާރިފް

ރައީސް އޮފީހުގެ މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ޕްރެޒިޑެންޝަލް އެފެއާޒް އަލީ އާރިފް
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނުއަސާސީގެ ދަށުން ދުލުގެ މިނިވަންކަމާއި، ގަލަމުގެ މިނިވަންކަން ލިބިގެންވާކަމަށް އޮތުމަކީ އަނެއްކާގެ ހައްގާއި އަބުރު ރައްކާތެރި ކުރުމަށް ބަޔާން ކުރާ މާއްދާ މަތީން ހަނދާން ނައްތާލަން ޖެހޭ ސަބަބެއް ނޫންކަމަށް ރައީސް އޮފީހުގެ މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ޕްރެޒިޑެންޝަލް އެފެއާޒް އަލީ އާރިފް ވިދާޅުވެއްޖެއެވެ.

ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި އާރިފް ވިދާޅުވީ ސިޔާސީ ގޮތުން ދިމާކޮށް، ޖެއްސުންކޮށް ކިތަންމެ އުނދަގޫކޮށް ތުހުމަތުތަކެއް ކުރިނަމަވެސް ރައީސް މުއިއްޒަކީ އެނބުރި އެފަދަ ފާޑުކިއުންތަކަށް ރައްދު ދޭން ބޭނުންފުޅުވާ ވެރިއެއް ނޫންކަމަށެވެ. އަދި އެމަނިކުފާނަކީ ބަޔަކު ކުރާ ނޭއްގާނީ އަމަލުތަކަށް ސަމާލުކަން ދޭނެ ވެރިއެއް ނޫންކަން ރައްޔިތުން ހެކިވާނެކަމަށް އާރިފް ވިދާޅުވި އެވެ.

އާރިފް ވިދާޅުވީ ރިޔާސީ އިންތިހާބު ސާފު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކޮށް، މީގެ ކުރިން ޕީޕީއެމް/ޕީއެންސީގެ އެއްވެސް ބާރެއް ނެތް މާލޭގެ ވެރިއަކަށް ވެސް ރައީސް މުއިއްޒަށް ވަޑައިގެންނެވުނީ އެމަނިކުފާނުގެ ހުރި އެފަދަ ސިފަތަކުގެ ސަބަބުން ކަމަށެވެ.

އާރިފް ވިދާޅުވީ، ރައީސް މުއިއްޒަށް ކާމިޔާބީތައް ހާސިލު ކުރެވުނީ ވަކިކަމެއްގެ ސަބަބުންކަމަށް ބައެއް ބޭފުޅުން ދެކުނު ނަމަވެސް ހަގީގަތަކީ އެއީ ނޫންކަމަށާއި ރައްޔިތުން ބަލައިގަންނަނީ އިހުލާސްތެރިކަން ކަމަށެވެ.

ބައެއް ބޭފުޅުން ވިދާޅުވެ، މިވެނި އެވެނި އެއްޗެއް ދައްކައިގެންނޭ މިވެނި، އެވެނިކަމެއް ހާސިލުވީ… އެބުނާ އެއްޗެއް އޭގެ ފަހުގެ އިންތިހާބުތަކުގައި ވެސް ދެއްކެވި.. އެކަމަކު ނަތީޖާއެއް ނުފެނުނު.. ރައްޔިތުން ބަލައިގަންނަނީ އިހުލާސްތެރިކަން..

ރާއްޖޭގެ އިގްތިސާދީ ހާލަތާއި، ކުންފުނިތަކުގެ ދަރަނި ފާހަގަކުރައްވައި އާރިފް ވިދާޅުވީ އެކަން ރަނގަޅު ކުރުމަށް ދިވެހި ރައްޔިތުން ގައުމު ހަވާލު ކުރަން ބޭނުންވީ ޕީޕީއެމް/ޕީއެންސީއަށްކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕާޓީއަށް ލިބުނު ސަބަބަކީ އެއީކަމަށެވެ.

އާރިފް ވިދާޅުވީ ސިޔާސީ ޕާޓީތަކެއް އުފައްދައި ފިކުރެއް ކުރިއެރުވުމަށް މަސައްކަތް ކުރުމުގައި ގޯހެއް ނެތްކަމަށާއި ގާނޫނުން އެ މަސައްކަތަށް އޮތީ ތަންދީފައި ކަމަށެވެ. އެކަމަކު އެކަން ވެސް ކުރަން ޖެހޭނީ، ހަމަޖެހޭ އުސޫލެއްގެ ތެރެއިން އިހުލާސްތެރިކަމާއި އެކު ގައުމަށް ހިދުމަތެއް ކުރުމުގެ ނިޔަތުގައިކަމަށް އޭނާ ވިދާޅުވި އެވެ.

ސިޔާސީ މަސައްކަތް ކުރަންވާނީ ވަކި މިންވަރަކަށް، ކަތާވަރަށް..

އާރިފް ވިދާޅުވީ ވުޖޫދުގައި ނެތް ޕްރޮޖެކްޓުތަކަށް ވެސް ކޮންޓްރެކްޓަށް މުވައްޒަފުން ނަގައި ކުންފުނިތަކުން ފައިސާ ހަރަދު ކުރިކަން ފެންނާން އެބަހުރިކަމަށެވެ. އަދި ސިޔާސީ ގޮތުން ބައެއްގެ ފަހަތުން ދުވެ މައްސަލައެއް ބަލަން ބޭނުން ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ނަމަވެސް އެފަދަ ކުންފުނިތަކުގެ ވެރިން ދިން ގެއްލުންތައް މުވައްސަސާތަކުން ނުބަލަންވީ ކީއްވެގެން ތޯ ސުވާލު އުފެއްދި އެވެ.

އާރިފް ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަމިއްލަ އިސްނެންގެވުމަށް ވެސް ހިޔާނާތް ބަލަން ޖެހޭކަމަށެވެ. އަދި ކުންފުނިތަކުން ކުރީ އިސްރާފުކަމަށް ބުނެ އާދައިގެ ބަހެއް ބޭނުން ކުރުމުގެ ބޭނުމެއް ނެތްކަމަށާއި އެއީ ދައުލަތަށް ހިޔާނާތްވެ ކުރި ވައްކަންތައްކަމަށް އާރިފް ވިދާޅުވި އެވެ.

މީގެއިތުރުން އާރިފް ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް ބަލައި ފިޔަވަޅު އެޅުމަށް ނިންމުމުން އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ވެސް ބައެއް ބޭފުޅުން ދައްކަވަމުން ގެންދަވާ ކަމަށެވެ. އޭގެ ތެރޭގައި އާސަންދަ ކަނޑާލަން އުޅޭކަމަށް ނުވަތަ ބޭރުގައި ތިބި ކިޔަވާ ކުދިންގެ ލޯނަށް ފައިސާ ދިނުން މަޑުޖައްސާލުން ނުވަތަ އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނާޔާތް ކަނޑާލާކަމަށް އަޑުފަތުރާކަމަށް ވިދާޅުވި އެވެ.

އެހެންވީމާ މި ރާއްޖޭގައި ނޫސްވެރިންނާ ބެހޭ ގޮތުންކަމަށް ވިޔަސް، އަދި އެހެން ޕާޓީތަކުގެ އިސްވެރިންނަށް ވެސް ދަންނަވާލަން ބޭނުންވޭ ދޮގު ނަހަދާށޭ، ތެދެއް ކޮންމެ މީހަކަށް ވެސް އަނގައެއް އޮތީމަ، ކަށި ނެތް ދުލެއް އޮތީމަ… ބޭނުންހާ އެއްޗެއް ގޮވިދާނެ އެކަމަކު ގާނޫނުއަސާސީ ތަނެއް ނުދޭ، އެކަން ކުރާކަށް.. ކޮންމެ މީހަކު މި ބުނަނީ 27 ވަނަ މާއްދާގައި ލިބިގެން ވެޔޭ ތިމަންނަމެން ބޭނުންހާ ވާހަކައެއް ދައްކަން.. ގަލަމުންނާ، ދުލުންނާ، ނޫން ނުލިބޭ.. 27 ވަނަ މާއްދާ ތިބޭފުޅުންނަށް ލިބެނީ، 24 ވެސް ބަލާލީމައި.. 33 ވެސް ބަލާލީމަ.. މީހެކޭ ކިޔައިގެން ވާހަކަ ދައްކާއިރު ގާނޫނުއަސާސީގެ 24 ވަނަ މާއްދާގައި ބުނަނީ އެ މީހާގެ އަމިއްލަ ޒާތީ ދިރިއުޅުމަށް އެ މީހާ ކުރާ މުއާމަލާތްތަކީ ހުރުމަތްތެރިވެގެން ވާ އެއްޗޭ…. އޭގެ ފަހުން އަންނަ ތެއްތިރީހެއް އެއްވެސް މީހަކަށް ނުފެނެއޭ.. އެ މާއްދާގައި މި އޮންނަނީ އަނެއްކާގެ ހައްގު ރައްކާތެރި ކުރުމާއި، އަބުރު ރައްކާތެރި ކުރުމުގެ ހައްގު އެ މީހަކަށް ލިބިގެންވޭ..

އާރިފް ވިދާޅުވީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާގެ ދަށުން މިނިވަންކަން ލިބިދީފައި އޮތް ނަމަވެސް، މީހުންގެ ހައްގުތައް ރައްކާތެރިކޮށް އަބުރު ރައްކާތެރި ކުރުމުގެ ވާހަކަ ވެސް ގާނޫނުގައި ބަޔާން ކުރާކަމަށެވެ. އެހެންކަމުން، އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތައް ފެތުރުމުގެ ހައްގެއް ލިބިގެން ނުވާނެކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: