ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާސަންދަ ކަނޑާލުމުގެ އެއްވެސް ވިސްނުމެއް މި ސަރުކާރުގެ ނެތް: މަމްދޫހު

ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ފަރާތްތަކުން ކޮންމެ ގޮތަކަށް ވާހަކަދެއްކި ނަމަވެސް އާސަންދަ ކަނޑާލުމުގެ އެއްވެސް ވިސްނުމެއް މި ސަރުކާރުގެ ނެތްކަމަށް ފުނަދޫ ދާއިރާގެ މެމްބަރ މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި މަމްދޫހު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ނޮވެމްބަރު 17 ގައި ފެށިގެންއައިރުވެސް ފެންނަނީ ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ މަންޒަރުކަމަށާއި އެކަމުގެ ނަތީޖާވެސް ފެންނަމުންދާ ކަމަށެވެ. ހަގީގަތަކީ ރައްޔިތުންނަށް އެއްވެސް ދަށްޗެއް ނުވާނެ ގޮތަށް އިގްތިސާދު ހަމައަކަށް އެޅުވުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުން ގެންދިއުންކަމަށް މަމްދޫހު ވިދާޅުވިއެވެ.

އިގްތިސާދީ ގޮތުން އެޅެމުންދާ ފިޔަވަޅު ތަކަކީ ރައްޔިތުންނަށް ދަތިވާނެ ގޮތަަކަށް އަޅުއްވާނެ ގޮޔަވަޅުތަކެއް ނޫން ކަމަށް މަމްދޫހު ވިދާޅުވިއެވެ.

މަމްދޫހު ވިދާޅުވީ ރައީސް އޮފީހުގެ މަގާމެއްގައި ހުންނެވި އަލީ އާރިފްގެ ސްޓޭޓްމެންޓުގައިވެސް މުޅިއެކު އެބުނާ ވާހަކައަކީ ދައުލަތާއި ރައްޔިތުންވެސް ހަރަދު ކުޑަކުރުން ކަމަށެވެ.

މަމްދޫހު ވިދާޅުވީ މިއަދާއި ހަމައަށް އައިރު ރަނގަޅު ފިޔަވަޅުތަކެއް އެޅެމުންދާތީ 3 ބިލިއަން ރުފިޔާ ހަރަދު ކުޑަ ކުރެވިފައިވާ ކަމަށެވެ. އިގްތިސާދީ ގޮތުން ގައުމު އޮތް ހާލަތުން އަރައިގަތުމަށް އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ހުރިހާ ދިމާލަކުންވެސް ދައުލަތުގެ ހަރަދު ކުޑަ ކުރުން ކަމަށް މަމްދޫހު ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކުން ކޮންމެ ގޮތަކަށް ވާހަކަދެއްކި ނަމަވެސް އާސަންދަ ކަނޑާލުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް މަމްދޫހު ވިދާޅުވިއެވެ.

”އެހެންނަމަވެސް އާސަންދައިގެ ހައްގުވެރި ފަރާތްތަކަށް ލިބޭނެ މަގަށް މަސައްކަތްތައް ބައްޓަންކޮށް ތަރުތީބު ކުރަމުންދާނެ. އެއީ ކުރިއަށް އޮތް ތާންގައި އިގްތިސާދު ރަނގަޅުކުރުމަށް މިސާލަކަށް އަޅުގަނޑު ދަންނަވާ ކަމުގައި ވާނަމަ، އިންޝުއަރެންސް ލިބޭ ފަރާތްތައް ހަމަ ބައިވަރު އެބަތިބި. އަނެއްކާ އާސަންދައިން ހަމަ އެބޭފުޅުންނަށް އެބަ އާއްމު ރައްޔިތުންގެ ފައިސާއިން ހަރަދު ކުރަން އެބަޖެހޭ. އެހެންވީމާ މިފަދަ ފަރާތްތައް އަޅުގަނޑުމެން ފިލަޓަރ އައުޓްކުރާނެ“

މަމްދޫހު ވިދާޅުވީ އާސަންދަ ކޮންމެހެން ލިބެންޖެހޭ ހުރިހާ ފަރާތްތަކަށް، އާއްމު ރައްޔިތުންނަށް ދައްޗެއް ނެތި ސިއްހީ ހިދުމަތުގެ ތެރެއިން ލިބެންޖެހޭ ހުރިހާ ހިދުމަތެއް މިސަރުކާރުގެ ތެރެއިން ލިބިގެންދާނެ ކަމަށެވެ.

އިގްތިސާދު ރަނގަޅު ކުރުމަށް ޓެކްސްގެ ރޭޓް ބޮޑު ކުރުމުގެ ވާހަކަ ދެކެވިފައި ނުވާނެ ކަމަށް މަމްދޫހު ވިދާޅުވިއެވެ. ސިޔާސީ މަގާމްތައް މި ސަރުކާރުގެ ބަލާއިުރވެސް ދެގުނަ މަދުވާނެ ކަމަށް މަމްދޫހު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: