ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑު މިނިވަން ކޮށްދޭށެކޭ ރައީސް މުއިއްޒު އެއްފަހަރުވެސް ވިދާޅުނުވޭ: ރައީސް ޔާމީން

ޝެއާރކޮށްލާ ކަހަލަދޯ؟

ގެއަށް ބަދަލު ކޮށްދިނުމަށާއި މިނިވަން ކޮށްދިނުމަށް ކުރީ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިނުވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ހޮވިވަޑައިގަތުމުން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ދައުވަތަކަށް ރައީސް އޮފީހުގައި ހަތަރު ބޭފުޅަކު ބައްދަލު ކުރެއްވި ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒުއާއެކު ދިޔައީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކަމަށެވެ.  ދެން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ރައީސް ސާލިހާ ރައީސް އޮފީހުގެ އިސް ބޭފުޅެއް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެ ބައްދަލުވުމުގައި ވެސް އެމަނިކުފާނު ގެއަށް ބަދަލު ކުރަން ނުވަތަ އެމަނިކުފާނު މިނިވަން ކުރަން އެންމެ ފަހަރަކުވެސް ރައީސް މުއިއްޒު އެދިވަޑައިގެންފައި ނުވާ ކަމަށެވެ.

އެއްވެސް ކަހަލަ އިހުލާސްތެރި ނިޔަތެއް ނެތް އަޅުގަނޑު ގެއަށް ބަދަލުކުރާކަށް ވެސް. މި ދެންނެވީ ހޮވުނީމައި އެ ލިބުނު ފުރުސަތުގައި ވެސް ނެތޭ ރިކުއެސްޓް ކޮށްފައެއް ގެއަށް ބަދަލުކުރާކަށް.

އިތުރަށް ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ހައި ކޯޓުގައި އެމަނިކުފާނުގެ މައްސަލަ ހިނގަމުން ދިޔައިރު އެ ޝަރީއަތަށް ވެސް ނުފޫޒު ފޯރުވާ އެމަނިކުފާނަށް ގެއްލުން ދޭން ބަޔަކު އުޅުނުކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

ހައި ކޯޓުގައި އަޅުގަނޑުގެ މައްސަލަ ހިނގަމުން ދިޔައިރު އޭގެތެރެއަށް އަތް ބާނައި އަޅުގަނޑަށް ގެއްލުން ދޭން މިހާރު ތި ގަރުދިޔަ ޖަގަހައިގައި މަސައްކަތް ކުރާ އިސް ބޭފުޅުންގެ ތެރެއިން ކޮން ބައެއް ކަން، ފުލް ލިސްޓު އެބަ އޮތް، ކޮން ފަނޑިޔާރަކާތޯ ގުޅީ ވެސް އަޅުގަނޑަށް އެނގޭ

ރައީސް ޔާމީން ވިދާޅުވީ މަޑުން ހުންނަވަނީ ކަންކަން ނޭނގޭތީ ނޫން ކަމަށާ އަދި އެމަނިކުފާނަށް ގެއްލުންދޭން އުޅުނު ބޭފުޅުންނަށް ޚިޔާނާތްތެރިވި ބޭފުޅުންގެ ނަން ހާމަކުރުމުގެ ވަގުތު ނުޖެހެނީ ކަމަށެވެ. އަދި މިހާރު އެބޭފުޅުންނަށް ވެސް އެމަނިކުފާނު އެ ދައްކަވަނީ އެބޭފުޅުންގެ ވާހަކަކަން އެނގިވަޑައިގަންނަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައްޔިތުންނަަށް ޚިދުމަތްކުރަން ސަރުކާރަަށް ލިބުނު ފުރުސަތުގައި ދެކޮޅު ނުޖެހޭ ވާހަކަ ނުދައްކާ، ދޮގު ނުހަދާ، އޮޅުވާނުލުމަށް މިއަދުގެ ސަރުކާރަށް އިލްތިމާސްކުރައްވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާހިސާބުން ވެސް މިސްރާބު ބަދަލުކޮށް ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ސާބިތުކަމާއި އެކީ ތެދުވެރިކަމާއެކީ މަސައްކަތް ކުރުމަށް އެދޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކަންކަން ރަނގަޅު ކުރަން ފުރުސަތު ލިބުމުންވެސް މިހާރު ފެންނަނީ އެކަންކަމަށް ލޯ މަރާލާ މަންޒަރު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: