ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

3 މިނިސްޓަރުން ޗައިނާއަށް، ރަސްމީ މަޝްވަރާތައް ކުރިއަށްދާނެ!

ފޮރިން މިނިސްޓަރ ވަޒީރު މޫސާ ޒަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރާއްޖޭގެ ތަރައްގީގައި މުހިންމު ދައުރުތައް އަދާކޮށްފައިވާ އެ ގައުމުގެ ކުންފުނިތަކާއި ބައްދަލުކުރައްވާނެކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.

މި މަހުގެ 20 ވަނަ ދުވަހުން ފެށިން ޖުލައި 24 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރު ޒަމީރު ޗައިނާއަށް ފުރާވަޑައިގެންފައިވާއިރު މިނިސްޓްރީއިންވަނީ އެމަނިކުފާނުގެ ދަތުރާއި ގުޅޭ ތަފްސީލުތައް މީޑިއާތަކަށް ހާމަކޮށްފައެވެ.

މިނިސްޓްރީއިން ބުނެފައިވާގޮތުން މިނިސްޓަރު ޒަމީރު ފުރާވަޑައިގަތީ ޗައިނާގެ ފޮރިން މިނިސްޓަރު އެ ގައުމުގެ ކޮމިއުނިސްޓު ޕާޓީގެ ސެންޓްރަލް ކޮމިޓީގެ ޑިރެކްޓަރ އޮފް ދަ އޮފީސް ފޯރ ފޮރިން އެފެއަރޒް ވޭންގް ޔީގެ ދައުވަތަކަށް ކަމަށެވެ. އަދި މި ދަތުރުގައި ދެ ގައުމުގެ ހާރިޖީ ވުޒާރާގެ އިސްވެރިން ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާނެކަމަށާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން ރާއްޖޭގައި ތަރައްގީގެ މަސައްކަތްތައް ކުރުމުގައި އިސް ރޯލުތައް އަދާކޮށްފައިވާ ޗައިނާގެ ކުންފުނިތަކާއިއެކުވެސް މިނިސްޓަރ ބައްދަލުކުރައްވާނެކަމަށް ބުނެފައިވެއެވެ.

މި ދަތުރުގައި މިނިސްޓަރ ޒަމީރުއައިއެކު ރާއްޖޭގެ ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު އަދި ކޮންސްޓްރަކްޝަން މިނިސްޓަަރ ޑރ އަބްދުﷲ މުއްތަލިބުގެ އިތުރުން އެހެން ސީނިއާ ބައެއް އޮފިޝަލުންވެސް ބައިވެރިވެވަޑައިގަންނަވާނެކަމަށް މައުލޫމާތު ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: