ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮމެއިންގެ ހިދުމަތް ހުޅުވާލާނީ އޯޕަން ބިޑިންގ ސިސްޓަމެއްގެ ތެރެއިން،: މިނިސްޓަރ އަމީން

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ޑޮމެއިންގެ ހިދުމަތް ހުޅުވާލާނީ އޯޕަން ބިޑިންގ ސިސްޓަމެއްގެ ތެރެއިން، ހާމަކަން ބޮޑު ގޮތެއްގައިކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މާލެ ފަހި ޕްރޮގްރާމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަމީންވަނީ ދާއިރާގެ ތެރެެއިން ފެންމަތިވެފައިވާ ބައެއް މައްސަލަތަކުގެ މައްޗަށް އަލިއަޅުއްވައި ސަރުކާރުން އެކަންކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވާފައެވެ. އެގޮތުން މި ސަރުކާރުން ކުރިޔާ ހިލާފަށް ޑޮމައިން ރެޖިސްޓްރީކޮށްދިނުމުގެ ހިދުމަތްތައް ކުރިއަށް ގެންދާނީ އޯޕަން ބިޑިންގް ނިޒާމެއްގެ ތެރެއިންކަމަށާއި އެކަން ކުރެވިގެންދާނީ އެންމެނަށްވެސް ސާފުވާގޮތަށް ހާމަކަން ބޮޑު މަސަްއްކަތްތަކެއްގެ ގޮތުގައިކަމަށް ހިއްސާކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ބޭނުންކުރާ ފަދަ، ޒަމާނީ ޑޮމެއިން ނަންބަރު ސިސްޓަމެއް ޤާއިމުކޮށް، ޒުވާނުންނާއި އަދި ޑޮމެއިން ބޭނުންކުރާ ފަރާތްތައް ޝައުޤުވެރިވާ ފަދަ ގޮތަކަށް ޑޮމެއިންގެ ޚިދުމަތް ބަދަލުކުރަން ސަރުކާރުންވަނީ ނިންމާފައިކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ކުރިމަތިވެގެންދިޔަ މައްސަލަތައް ހައްލުކުރުމުގެ ގޮތުން މިނިސްޓްރީއިންވަނީ މިނިސްޓްރީގެ ރެކޯރޑްތަކުން ސައްޙަކަން ޔަގީންކުރެވ ޑޮމެއިންތައް ޢާންމުކުރަން ނިންމާފައިކަމަށެވެ. އަދި ރެކޯރޑްތަކުން، މިހާރުގެ ވެރިފަރާތް ޔަގީން ނުކުރެވޭ ޑޮމެއިންތައް ޢާންމުކޮށް، ޙައްލު ހޯދުމަށްވެސް މަސައްކަތްތައް ކުރެވިގެންދާނެކަމަށް މައުލޫމާތު ދެއްވާފައިވާއިރު، މިނިސްޓްރީގައި ޑޮމެއިން ވިއްކާފައިވާކަމުގެ ރެކޯޑެއް ނެތި މިނިސްޓްރީން ޚިދުމަތް ދީފައިހުރި ޑޮމެއިން ނަންބަރުތައް ޢާންމުކޮށް، ތަފްޞީލް ހޯދުމަށްފަހު ޢަމަލުކުރާނެ ގޮތުގެ ޤާނޫނީ ޙައްލެއް ހޯދުމުގެ މަސައްކަތްތައްވެސް ކުރިއަށް ދާނެކަމަށް މައުލޫމާތު ދެއްވިއެވެ.

މާލެ ސަރަހައްދުގެ ވެހިކަލް ލިމިޓް ކުރުމާއި އުމުރު ކަނޑައެޅުމަގެ މަސައްކަތްތަކާއި ގުޅޭގޮތުންވެސް ވާހަކަދެއްކެވިއެެވެ. މިނިސްޓަރ ވިދާޅުވީ، ވަކި ރަށެއްގައި ނުވަތަ ސިޓީއެއްގައި ނުވަތަ ސަރަހައްދެއްގައި އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލުން ކަނޑައަޅަންވާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާކަމަށެވެ. އެހެންނަމަވެސް އެގޮތުގެ މަތިން އަމަލުކުރެވިފައިނުވާކަމަށާއި މައިގަނޑު އެއް ސަބަބަކީ އެކުލަވާލާފައިވާ ގަވާއިދަކީ، ތަންފީޒުކުރުމަށް އެކަށޭނެ މިންގަޑަށް ނުފެތޭ ގޮތަށް ހެދިފައިވާ ގަވައިދަކަށްވުންކަމަށްވެސް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވި، ޓްރާންސްޕޯޓުން މިހާރުވާނީ ކައުންސިލްތަކަށް މަސައްކަތް ކުރެވޭނެ މިންގަނޑަށް ގަވާއިދު އިޞްލާޙުކޮށް، 2024 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ގެޒެޓްކޮށްފައިކަމަށާއި އެއާއިއެކު މާލެ ސިޓީ ކައުންސިލުންވަނީ މަސައްކަތްތައް ފައްޓާފައިކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓްރީއިން މައުލޫމާތު ދީފައިވާގޮތުން ގްރޭޓަރ މާލެ ސަރަޙައްދުގައި 118,000 އަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީކޮށްފައިވާކަމަށެވެ. އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 2 ފުރޮޅުލީ އުޅަނދުގެ %70 އަކީ މާލެ ސަރަހައްދަށް ރެޖިސްޓަރކުރެވިފައިވާ އުޅަނދުކަމަށްވެސް ހިއްސާކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: