ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރްޓީއެލް ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން ޚާއްސަ އިސްކަމެއް ދޭންޖެހޭ: މިނިސްޓަރު

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ޚާއްސަ އިސްކަމެއް ދޭންޖެހިފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށް، ސަރުކާރުގެ ދަތުރުފަތުރުގެ ވިއުގައިގެ ތެރޭގައި ހިމެނޭ އާރްޓީއެލްގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވުމަށް އެ އަތޮޅު ވެރިރަށް މަނަދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބައެއް ފަަހަރު ބައެއް ހާލަތްތަކުގައި ތަޖުރިބާއަށް ބަލާ ފެރީތައް ދަތުރުކުރާ ނިޒާމު ނުވަތަ ރޫޓުތައް ބަދަލުކުރުމަކީ ކުރަންޖެހިދާނެ ކަމެއް ކަމަށެވެ.

މިހާ ހިސާބަށް މިއައިއިރު އަޅުގަނޑުމެންނަށް މި އެނގިގެންދާ ތަޖުރިބާއަކީ، މިކަން ކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދޭންޖެހިފައިވާކަން. މިކަމަށްޓަކައި ބައެއް ފަަހަރު ބައެއް ހާލަތްތަކުގައި ތަޖުރިބާއަށް ބަލާ ފެރީތައް ދަތުރުކުރާ ނިޒާމު ނުވަތަ ރޫޓުތައް ބަދަލުކުރުމަކީ އެއީ އަޅުގަނޑު ދެކޭ ގޮތުގައި މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށްޓަކައި ކުރަންޖެހިދާނެ ކަމެއް،

މިއީ ރައްޔިތުންނަށް އިންތިހާއަށް ބޭނުންވާ ޚިދުމަތަކަށް ވުމާއެކު މިފަދަ ޚިދުމަތްތައް ހުއްޓުމެއްނެތި ރައްޔިތުންނަށް ދޭންޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ރާއްޖެއަކީ ކުޑަ، އާބާދީ މަދު ގައުމަކަށް ވުމާއެކު މިފަދަ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް އަބަދުވެސް ގޮންޖެހުން ކުރިމަތިވާ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެހެންކަމުން އެކަމާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ، މިނިސްޓަރު ވިދާޅުވީ އެ ޚިދުމަތުގެ ސަބަބުން މަނަދޫގެ ރައްޔިތުންނަށް ޚާއްޞަކޮށް ނ. އަތޮޅުގެ ވަރަށް ގިނަ ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އެ ޚިދުމަތް ފެށުމާ ގުޅިގެން އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނީ އާރްޓީއެލްގެ ޚިދުމަތް މިއަދުން ފެށިގެން އަންނަ އޮގަސްޓް މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް މުޅިން ހިލޭ ދަތުރުތައް ކުރެވޭނެ ކަމަށެވެ. އެކަމުގެ މަގްސަދަކީ ކަސްޓަމަރުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް، ޚިދުމަތް ރަނގަޅަށް ތަޖުރިބާ ކުރުމުގެ ފުރުސަތު ދިނުމުގެ އިތުރުން ކަސްޓަމަރުންގެ ޚިޔާލާ އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހަރުދަނާ ކުރުން ކަމަށް އެމްޓީސީސީން ބުންޏެވެ.

އާރްޓީއެލްގެ ޚިދުމަތް ނ. އަތޮޅުގައި ފެށުމުގެ ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ މިނިސްޓަރު އާދަމް ޝަރީފު އުމަރާއި، ޓްރާންސްޕޯރޓް މިނިސްޓަރު މުޙައްމަދު އަމީނުގެ އިތުރަށް އެންވަޔަރުމަންޓް މިނިސްޓަރު ޠާރިޤް އިބްރާހިމް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަނި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް، އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދާ، އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: