ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރުގެ މިހާތަނަށް 143 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެވުން: ފުލުހުން

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ މިހާތަނަށް 143 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންނާ މޯލްޑިވްސް ކަސްޓަމްސް ސަރވިިސްއިން އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުއި ވާހަކަދައްކަވަމުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަދި ޑްރަގު އެންފޯސްމެންޓް ޑިޕާޓްމަންޓުގެ ހެޑް، ނާހިދު ހުސެއިން ވިދާޅުވީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހަށް ބަލާއިރު ކޮންމެ މަހަކުވެސް 10 ކިލޯއަށް ވުރެ ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ.

އެގޮތުން އެކި އޮޕަރޭޝަންތަކުގައި މިއަހަރުގެ މިހާތަނަށް 62 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު، އެތަކެތީގެ އަގު 143 މިލިއަން ރުފިޔާއަށްވުރެ ބޮޑު ކަމަށްވެސް ނާހިދު ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާއި ބަނގުރަލާއި އެކި ކަހަލަ ޕާޓީ ޑްރަގާއެކު މިހާތަނަށް އަޅުގަނޑުމެންނަށް ނެގިފައި ހުރި މަސްތުވާތަކެތީގެ އަގު އެބަ އަރާ 143 މިލިއަން ދިވެހި ރުފިޔާއަށް، މި ސްޓެޓްސްތަކަށް ބަލާއިރުވެސް މި މަސްތުވާތަކެއްޗަކީ އަޅުގަނޑުމެން އެންމެ ބޮޑަށް ސަމާލުކަންދީގެން މަސައްކަތް ކުރަން ޖެހިފައިވާ އެއް މައްސަލަކަން ފާހަގަކުރެވޭ. އަދި އަޅުގަނޑުމެންނަށް އަތުލެވޭ މިންވަރުވެސް އެކި ފަހަރު އެކި އަދަދުތައް މި ހުންނަނީ،

ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތުދެއްވަމުން ޗީޕް އިންސްޕެކްޓަރ އޮފް ޕޮލިސް އަދި ޓްރެޕިކް އިންވެސްޓިގޭޓް ހެޑް، އަހުމަދު ވަހީދު ވިދާޅުވީ މިދިޔަ ބުދަ ދުވަހު އަބޫދާބީ މަގުން ރާއްޖެ އައި ޕާކިސްތާނުގެ މީހެއްގެ އަތުން 2.12 ކިލޯގެ ހިރޮއިން އަތުލައިގަނެފައިވާ ކަމަށެވެ. އަދި އެ ތަކެތީގެ އަގު 2 މިލިއަން ރުފިޔާ އަށް ވުރެ ބޮޑުވާނެކަމަށްވެސް ވަޙީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ އެ މައްސަލައާ ގުޅުން ހުރި ކަމުގެ ތުހުމަތުގައި އުމުރުން 25 އަހަަރުގެ ދިވެހި ފިރިހެނަކާއި 42 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ޕާކިސްތާނު މީހާއާއި ދިވެހި 2 ފިރިހެނުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރުމުގެ ހުއްދަ ކޯޓުން ދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މައްސަލާގައި ތުހުމަތުކުރެވޭ އެހެން މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޙީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: