ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިވެލޮޕްމަންޓް ބޭންކް އުފެއްދުމަށް ލައިސެންސް ހޯދުމަށް އެދެފި

އިނޮކޮމިކް މިނިސްޓަރު މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އުފެއްދުމަށް ލައިސަންސް ހޯދުމަށްޓަކައި އެމްއެމްއޭގައި މިއަދު އެދިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެކަމުގެ ތަފްސީލު ދެއްވަމުން ރޭ، ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބޭންކުގެ ހުރިހާ ދިރާސާތަކެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެ ބޭންކް އުފައްދަން ބޭނުންވާ ކުންފުނިވެސް ރަޖިސްޓްރީކޮށް ނިމިފައިވާ ކަން މިނިސްޓަރު ހާމަކުރެއްވިއެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ މިހާރު ކުންފުނި އިންކޯޕަރޭޓްކުރެވި ލައިސަންސް ހޯދުމަށްޓަކައި މިއަދު އެދޭނެ ކަމަށާ އެކަން ކުރިއަށްދާއިރު، ބޭންކް ހިންގާނެ އިމާރާތެއްގެ ކަންތައްތަކުގެ އިތުރުން އިމާރާތް ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުރިން ލަފާކުރީ ޖުލައި މަސް ތެރޭގައި ހުރިހައި ކަމެއް ނިންމާލެވޭނެ ކަމަށް ނަމަވެސް މިހާރު، އަންނަ މަހު މި ބޭންކް ވުޖޫދުކުރެވިގެންދާނެ ކަމަށް ލަފާކުރާ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

އޭގެ އިތުރުން އެ ބޭންކްގެ ބޯޑަށް ރާއްޖެއިން ބޭރުގެ ފަންނީ ބޮޑެތި ބޭންކްތައް ހިންގާފައި ތިއްބެވި ބޭފުޅުންގެ ތެރެއިން ދެ ބޭފުޅުން މިހާރު ނަގާފައިވާކަމަށް ވެސް ވިދާޅުވިއެވެ.

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އިންގިލާބެއްް އަންނާނެ ކަމަށް ސައީދު މީގެ ކުރިން ވެސް ވިދާޅުވެފައިވެއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް ގެ ނަމުގައި ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއް އުފެއްދެވުމާ ގުޅިގެން އެކަމަށް މަރުހަބާ ވިދާޅުވެ، ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ތާރީހީ ކުރިއެރުމެއް ކަމަށެވެ.

މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދެވި ކުންފުންޏެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: