ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސްކިތްތަކުގައި ޤާރީ ކްލާސްތައް ހިންގުމުގެ ހުއްދައަށް އެދުމުގެ ފުރުޞަތު ހުޅުވައިލައިފި

މާލޭގައި ބިނާކޮށްފައިވާ ކިންގް ސަލްމާން މިސްކިތް--
ޝެއާރކޮށްލާ ކަހަލަދޯ؟

މިސްކިތްތަކުގައި ޤާރީ ކްލާސްތައް ހިންގުމުގެ ހުއްދައަށް އެދުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން މިސްކިތްތަކުގައި ހިލޭ ސާބަހަށް ޤުރްއާން ކްލާސް ހިންގައިދޭން ބޭނުންވާ އިމާމުންނާއި ޤުރްއާން މުދައްރިސުންނަށް އެ ފުރުޞަތު ހުޅުވައިލާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ކަމަށް އެދި ފޯމު ހުށައަޅަން ބޭނުންވާ ފަރާތްތަކަށް އެ މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް މިހާރު ފޯމު ހުށައެޅޭނެ ކަމަށާ މިކަމަށް އެދި ފޯމު ހުށައެޅުމުގެ ފުރުސަތު ހަމަވާނީ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ 14:00 ގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން އެ ފުރުސަތު ހުޅުވާލާފައިވާއިރު އެ މިނިސްޓްރީގެ އާ ވެބްސައިޓު ހުކުރު ދުވަހު ވަނީ އިފުތިތާޙުކޮށްފައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އާ ވެބްސައިޓުގައި ވުޒާރާގެ އެކި ސެކްޝަންތަކުގެ މައުލޫމާތާއި އެކި ކަންކަމާ ގުޅޭ ފޯމުތައް ލިބެން ހުރެއެވެ.

ހިލޭ ކީރިތި ޤުރްއާން ކިޔެވޭނެ ކްލާސްތައް އިތުރު ކުރައްވާއިރު އެ ޚިދުމަތް ސަރުކާރުން މުޅި ރާއްޖެއަށް ފުޅާކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: